މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނީ، މިއަދު ހެނދުނުން ފެށިގެން މެންދުރުފަހު 14:30 ހުގެ ނިޔަލަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭކަމަށެވެ. މެޓް އޮފީހުން ވަނީ މެންދުރު ފަހުގެ އެ ގަޑިއާ ހަމަޔަށް މުޅި ރާއްޖެއަށް ހުދު ސަމާލް ނެރެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ހުދު ސަމާލް ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިޖެހޭނޭކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުން ގޯސްވާނޭކަމަށް ބެލެވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަ ގޮތެއްގައި ކަނޑުދަތުރަށް އަރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާފައިނޫނީ ކަނޑުމައްޗަށް ނޭރުމަށް އެފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސް: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ