ކޮރަޕްޝަންގެ ތުހުމަތު ބަލައިދިނުމަށް ދާއޫދު އަމިއްލައަށް ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑަށް ހުށަހަޅުއްވައިފި
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ތުހުމަތު ކުރުމުން, އެ މައްސަލަ ބަލައިދިނުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑަށް އޭނާ އަމިއްލައަށް މައްސަލަ ހުށަހަޅުއްވައިފިއެވެ. ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން މަޖިލީހުން އުފައްދާފައިވާ ޚާއްސަ ސަބް ކޮމިޓީގައި، ދާއޫދަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަދެއްކެވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. އޭނާ ވިދާޅުވީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު އޭސީޕީ ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށާއި އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށެވެ. ނާޒިމް ވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި ވެސް ދާއޫދުގެ ނަން އޮތް ކަމަށް ވިދާޅުވެފައެވެ. ދާއޫދުވަނީ، އެ ކޮމިޓީގައި އޭނާއަށް ކުރި ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އަދި އޭނާ ދިރިއުޅުމަށް ފައިސާ ހޯއްދަވަނީ ހަލާލުކޮށް ކަމަށް ވިދާޅުވެ، ބަޔަކު އޭނާ ފްރޭމްކުރަން އުޅޭ ކަމަށް ތުހުމަތު ކުރެއްވިއެވެ. ނަމަވެސް އެއީ ކޮން ބަޔެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ. ދާއޫދު "ސަން"އަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައަކީ ވަރަށް ފުޅާކޮށް ބަލަމުން އަންނަ މައްސަލައެއް ކަމަށާއި އެ މައްސަލައިގައި ފައިސާ ދިން އެންމެންގެ ތަފުސީލުތަކާއި ބަޔާންތައް އިދާރާތަކުގައި ހުންނާނެ ކަމަށެވެ. އަދި އެ ޚިޔާނާތުގައި ހިމެނޭ ބަޔަކު ކައިރީގައި ފައިސާއެއް ދިނުމަށް ދުވަހަކު ވެސް އެދިފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. https://sun.mv/212657 މީގެ އިތުރުން ދާއޫދު ވަނީ، ފުލުހުންގެ ސީނިއާ މުވައްޒަފަކު ބައެއް މީޑިއާތަކަށް ގުޅައި، އޭނާއަށް ތުހުމަތު އަމާޒުވާ ގޮތަށް، ވަކި ގޮތަަކަށް ޚަބަރު ޖަހައިދިނުމަށް އެދޭކަން އެނގޭކަމަށް ވެސް ތުހުމަތު ކުރައްވައިފައެވެ. އޮންނާނެ އެ މައްސަލަ ހުށަހަޅާފައި އެ ވަކީލުގެ ބަޔާނާ އެއްކޮށް. ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގައި މޯލްޑިވްސް ޕޮލިސް ސާވިސްގައި އޭސީޕީ މުހައްމަދު ދާއޫދު ދާއޫދު ވިދާޅުވީ އޭނާ ޚިދުމަތް ކުރައްވަނީ ދައުލަތާއި ރައްޔިތުންނާއި ގައުމަށް ވަރަށް އިޚުލާސްތެެރިކަމާ އެކުގައި ކަމަށެވެ. ހުޅުމާލެ ޕޮލިސްގެ ހެޑްކަން ކުރައްވާ ދާއޫދު، މިއަދު ވަނީ ޗުއްޓީއަށް ވަޑައިގެންފައެވެ. އެހެންވެ، ހުޅުމާލެ ޕޮލިސް ހިންގުމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) އަހުމަދު މުޙައްމަދާ ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފައެވެ. ދާއޫދަށް ކޮށްފައިވާ ތުހުމަތުތަކުގެ ތަހުގީގެއް ހިންގާ ކަމާމެދު މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ