ރަސްމާލޭގެ އިތުރަށް ރަށްތަކުގެ ބިން ހިއްކަން އެމްއޭސީއެލްއިން ތިން ޑްރެޖަރު ގެންނަނީ
ކ. ރަސްމާލެ ހިމެނޭހެން ރަށްތަކުގެ ބިންހިއްކުމަށް ބޭނުންވާ ތިން ޑްރެޖަރެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)އިން ވަރަށް އަވަހަށް ގެންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރުން ކައިރި ކައިރީގައި އެއާޕޯޓުތައް އަޅާތީ، ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ރައީސް މިރޭ ވަނީ ށ. ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. ގިނަ ރަށްތަކެއްގެ އެއާޕޯޓުތައް އެޅުމަށް ސަރުކާރު ކުންފުނި، އެމްއޭސީއެލްއާ ހަވާލުކޮށްފައިވާއިރު، އެކަންކަން ކުރަނީ ވާން ޖެހޭ ހުރިހާ މަސައްކަތްތަކެއް ތަރުތީބުކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކޮމަންޑޫ އެއާޕޯޓުގެ ބިން ހިއްކަން ފެށުން --- ފޮޓޯ/ އެމްއޭސީއެލް އެގޮތުން، ހަވާލުކޮށްފައިވާ ރަށްތަކުގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އެކުންފުނިން މިދިޔަ ދެތިން މަހެއް ތެރޭ ބޭރުގެ އެންމެ ފެންވަރު ރަނގަޅު އަދި ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏަކާ ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު، އެއީ ކޮން ކުންފުނިތައް ކަމެއް ރައީސް ހާމައެއް ނުކުރައްވައެވެ. މިމަސް ނިމޭއިރަށް 11،000 ޓަނުގެ ޑްރެޖަރެއް އެއް ކުންފުނިން ގެންނާނެ ކަމަށާއި އެ ޑްރެޖަރު ގެންދާނީ ތ. ވިލުފުށީގެ އެއާޕޯޓުގެ ބިން ހިއްކަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ދެން އަންނާނީ މި އަންނަ މަހުގެ މެދަކާ ހިސާބުން ތިން ވަނަ ހަފުތާ ތެރޭގައި 45،000 ޓަނުގެ ޑްރެޖަރެއް. އެ ޑްރެޖަރު އައިސް މަސައްކަތް ފަށާނީ ރަސްމާލޭގައިރައީސް ޑރ. މުޙައްމަދު މުއިއްޒު އެއަށްފަހު، 45،000 ޓަނުގެ އިތުރު ޑްރެޖަރެއް އަންނަ ޑިސެމްބަރުގެ މަހުގެ ދެވަނަ ހަފުތާ ތެރޭގައި އަންނާނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، އެ ޑްރެޖަރު ފުރަތަމަ ގެންދާނީ ހއ. ދިއްދޫ އެއާޕޯޓު ބިން ހިއްކަން ކަމަށާއި އެ ރަށް ނިމޭ ގޮތަށް ށ. އަތޮޅަށް އައިސް ފަހަރަކު ރަށެއްގެ ބިން ހިއްކާ ނިންމައި މާލެ ދާނެ ކަމަށް ވިދާޅުވިއެވެ. އިތުރު ކުންފުންޏަކާ ވެސް އެމްއޭސީއެލް އިން އެއްބަސްވުން ހަދާފައި އެބަހުރި މާލޭ ސަރަހައްދުގައި ހުރި ފޭސް ތިނެއް، ގިރާވަރު، އުުތުރުތިލަފަޅު މިތަންތަން ހިއްކަން ވެސް. އެފަރާތުން ވެސް އެބަ ގެނޭ ޑްރެޖަރުތައް މި މަސް ނިމޭ ހިސާބުން ފެށިގެންރައީސް ޑރ. މުޙައްމަދު މުއިއްޒު ސަރުކާރުގެ ކެބިނެޓު މިނިސްޓަރުންނާއި ރައީސް މުއިއްޒު: ރަސްމާލޭގެ އިތުރަށް ރަށްތަކުގެ ބިންހިއްކަން އެމްއޭސީއެލްއިން ތިން ޑްރެޖަރު ގެންނަނީ ---- ފޮޓޯ/ އެމްއޭސީއެލް ރައީސް ވިދާޅުވީ އެފަދަ މަޝްރޫއުތަކުގައި ސޮއިކުރަނީ ހުރިހާ ކަމެއް ތައްޔާރުވީމައި ކަމަށެވެ. ރަސްމާލެ ހިއްކަން ޑްރެޖަރު ގެންނައިރު، ރަސްމާލެއަކީ މާލޭ ކައިރި ފުށިދިއްގަރު ފަޅުން 1009 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ ރަށެކެވެ. އެއީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއެވެ. https://sun.mv/210292 ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ ޑިސެންބަރު 18، 2023 ގައި ކަމަށްވާއިރު އެ މަޝްރޫއުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ބުނެއެވެ. އެ ސަރަހައްދުގެ ހައުސިން މަޝްރޫޢުގެ ދަށުން ފުރަތަމަ 15،000 ހައުސިން ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިހާރުވެސް ވަނީ ހަވާލުކޮށްފައެވެ. ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވާނީ އިންޑިޔާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީއަށް ކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާ ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތައާރަފުކުރާނެ މަޝްރޫއެއްކަމަށް ސަރުކާރުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ