ބީއެމްއެލްގެ އެހީތެރިކަމާ އެކު 'ޕިންކް ރިބަން ރަން-ވޯކް' ބާއްވައިފި

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް)ން އިއްޔެ ބޭއްވި ޕިންކް ރިބަން ރަން-ވޯކްއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ ޕިންކް ރިބަން ރަން ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިތުރުން 32 ރަށަކާއި 3 ރިސޯޓެއްގައި ވެސް ބާއްވާފައިވެ އެވެ.
ތަފްސީލް - މިއީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ސީއެސްއެމް އިން ބާއްވާ ހަރަކާތެކެވެ.
ސީއެސްއެމް އިން ކެންސަރަށް މީހުން ހޭލުންތެރިކުރުމަށާއި ކެންސަރު ބައްޔަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ސައިކޯސޯޝަލް އެހީ ފޯރުކޮށްދިނުމަށް އެކި ހަރަކާތްތައް ހިންގަ އެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލް އިން އަންނަނީ 2016 އިން ފެށިގެން ޕިންކް ރިބަން ރަން-ވޯކް ބޭއްވުމަށް އެހީތެރިވަމުންނެވެ. އަދި ސީއެސްއެމްގެ އެކި ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ