އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތް 2025ގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ނެޓްބޯޅަ މުބާރާތް 2025ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ހަމަޖައްސައިފިއެވެ. ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކުރާ މި މުބާރާތް، މި މަހުގެ އެއްވަނަ ދުވަހު ފަށައިގެން 20 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ދާނެއެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭހެއް ކުރިޔަށް ދާ މި މުބާރާތުގައި އޮފީސްތަކާއި ކުންފުނިތަކުން ޓީމުތައް ވަނީ ބައިވެރިވެފައެވެ. އެގޮތުން މި އަހަރު އަންހެން ޑިވިޝަންގައި 21 ޓީމު ކުޅޭ އިރު ފިރިހެން ޑިވިޒަން އިން ހަތަރު ޓީމު ފެނިގެންދާނެއެވެ. ނެޓްބޯޅައަކީ ދިވެހިންގެ ތެރޭގައި މަގުބޫލު އެއް ކުޅިވަރަށް ވާއިރު، މިއަހަރުގެ މުބާރާތުގައި، ރާއްޖޭގެ ނެޓްބޯޅައިގައި އެންމެ މޮޅު ކުޅުންތެރިންގެ ހުނަރުވެރިކަން ފެނިގެންދާނެއެވެ. ދިރަގަކީ ޒަމާނުންސުރެ ދިވެހިންގެ އުޅުމާއި ގުޅުމަމުގައި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކުންފުންޏެއްކަމުން، އިޖްތިމާއީ އެކި ދާއިރާތަކުން ކުރާ އެކި ކަންކަމުގައި ދިރާގުގެ ފުރިހަމަ ބައިވެރިވުން ފެނިގެންދެއެވެ. މި ގޮތުން ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް، އަދި ކުޅިވަރާއި އިޖުތިމާއި ހަރަކާތްތައް ކުރިއަރުވައި، އެކި އެކި ޕްރޮގްރާމްތަކާއި އިވެންޓް ތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެއްބާރުލުން ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ