ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފުޅާ ދާއިރާއެއްގައި ދަތުރުފަތުރުގެ ހިދުމަތްދޭ އަވަސްއެޕް ގުޅިގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހު 11ގެ ނިޔަލަށެވެ.
ތަފްސީލް - ބީއެމްއެލް އިން ބުނި ގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން އަވަސް އެޕަށް ބީއެމްއެމް ޑެބިޓް ކާޑު، ކްރެޑިޓް ކާޑު ނުވަތަ ޕްރީޕެއިޑް ކާޑު އެޑްކުރުމަށް ފަހު ކުރާ ފުރަތަމަ ދަތުރަށް %15ގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
މީގެ އިތުރުން، ބީއެމްއެލް ކާޑު އަވަސްއެޕަށް އެޑްކޮށް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ މީހަކަށާއި ދެ ޑްރައިވަރުންނަށް 250ރ.ގެ ގިފްޓް ކާޑެއް ލިބޭނެކަން ވެސް ބީއެމްއެލް އިން ފާހަގަކުރި އެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު
ބީއެމްއެލް ކާޑުން އަވަސްއެޕަށް ފައިސާ ދައްކާ ފުރަތަމަ ދަތުރަށް %15 ޑިސްކައުޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ