ޓާޓާއިން 'ލަގްޒާވަން' ނިންމާލީ ކަނޑައެޅި ތާރީހަށް ވުރެ ކުރިން

ޓާޓާ ހައުސިން އިން ވަނީ އެ ކުންފުނީގެ ބައިނަލްއަގްވާމީ ދަތުރުގައި މުހިންމު މަރުހަލާއެއް ފާހަގަކޮށް، މާލޭގައި އެ ކުންފުނިން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ 'ލަގްޒާވަން' ކާމިޔާބުކަމާ އެކު ހަވާލުކޮށްފަ އެވެ. މިއީ މާލެ ސަރަހައްދަށް އާ ފެންވަރެއްގެ ފުރިހަމަކަމެއް ގެނެސްދޭ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމީ ކަނޑައެޅި ތާރީހަށް ވުރެ ކުރިންނެވެ. މި މުހިންމު މަރުހަލާ އިން ދައްކައިދެނީ ޓާޓާ ބްރޭންޑާއި ރާއްޖެއާ ދެމެދު އޮތް އިތުބާރާއި ފެންވަރު ރަނގަޅު މަޝްރޫއުތައް ހިންގުމުގެ ގާބިލުކަމެވެ.
މާލޭގައި ދިރިއުޅުން އާ ގޮތަކަށް ބައްޓަންކުރުމުގެ ވިސްނުމާ އެކު ފެށި ލަގްޒާވަންއަކީ، ހަމައެކަނި ރީތިކަމަށް ވުރެ ބޮޑަށް އިތުބާރު ހިފޭ، ވިސްނުންތެރިކަމާ އެކު ކުރެވިފައިވާ ޑިޒައިނަކަށް އިމާރާތްކޮށްފައިވާ މަޝްރޫއެކެވެ. ޕްލޭނިން މަރުހަލާއިން ފެށިގެން ހަވާލުކުރުމާ ހިސާބަށް، މި މަޝްރޫއުގެ ކޮންމެ ކަމެއްގައި ވެސް ވަނީ ރިސްކު މެނޭޖްމަންޓަށް ސަމާލުކަން ދިނުމާއި އެކި ފަރާތްތަކާ އެކު ގުޅިގެން މަސައްކަތްކުރުމުގެ އިތުރަށް، އެ ތަނުގައި ދިރިއުޅޭ މީހުންނަށް ގިނަ ވަސީލަތްތަކެއް ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅެފަ އެވެ.
ކޮންސެޕްޓުން ފެށިގެން ނިންމުމާ ހަމައަށް މި މަޝްރޫއު ބައްޓަންކުރީ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަންގެ ދާއިރާގައި އިތުބާރު ހިފޭ ކުންފުނި ރެއިންބޯ އަދި އާކިޓެކްޗަރަލް ކުންފުނި ރިޔަން ޕްރައިވެޓް ލިމިޓެޑާ އެކު ގާތުން މަސައްކަތްކޮށްގެންނެވެ. ޓާޓާ ހައުސިންގެ އިންޖިނިއަރިން އަދި މަޝްރޫއުތައް ހިންގުމުގެ ތަޖުރިބާ ރާއްޖޭގެ މާހައުލާ ގުޅުވާލައި، މި މަޝްރޫއުގައި ބައިނަލްއަގްވާމީ ފެންވަރުގެ މަސައްކަތްތެރިކަމާއި މޫސުމަށް ބަލައިގެން ކުރެވޭ ދެމެހެއްޓެނިވި ޑިޒައިން ގެންގުޅެފައިވެ އެވެ. މިއީ އަންނަން އޮތް ޖީލުތަކަށް މި އިމާރާތުގެ ފުރިހަމަ ބޭނުން ހިފޭނެކަން ޔަގީންކުރުމަށް ކުރި ކަމެކެވެ.
ލަގްޒާވަންއަކީ ހަމައެކަނި އެޑްރެހެއް ނޫނެވެ. މިއީ ދިރިއުޅުމުގެ ވައްޓަފާޅިއެކެވެ. އެންމެ މަތީ ފަންތީގެ ސަލާމަތީ ހިދުމަތްތަކުން ފެށިގެން އާންމު ހިދުމަތްތަކާ ހަމައަށް ކޮންމެ ކަމެއް ވެސް ވަނީ މި ޒަމާނުގެ ސިޓީތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށް ތައްޔާރުކޮށްފަ އެވެ.
ހިދުމަތްތައް ޑިޒައިންކޮށްފައިވަނީ އެޕާޓްމަންޓުގެ ބޭރުން ވެސް ދިރިއުޅުމުގެ ފުރިހަމަ ތަޖުރިބާއެއް ލިބޭނެ ފަދަ ގޮތަކަށެވެ. އެންމެ މަތީ ބުރީގައިވާ ސްވިމިން ޕޫލާއި އެ ތަނުން ރާއްޖޭގެ ރީތި މަންޒަރުތައް ފެންނައިރު، ޖިމާއި ހެލްތު ބާ އިން ސިއްހަތަށް ބޭނުންވާ ކަންކަން ވެސް މި އިމާރާތުން ލިބޭނެ އެވެ. އެނާޖީ އެފިޝިއަންޓް ލައިޓިން، ވެންޓިލޭޝަން ސިސްޓަމްތައް އަދި ސްމާޓް-ހޯމް ރެސިނެސްގެ ނިޒާމުތައް މި އިމާރާތުގައި ބޭނުންކޮށްފައިވުމުގެ ސަބަބުން މިއީ ހަމައެކަނި ރީތި އިމާރާތެއްގެ ބަދަލުގައި މުސްތަގްބަލަށް ތައްޔާރުކުރެވިފައިވާ ތަނެއްކަން ކަށަވަރުކޮށްދެ އެވެ.
މާލޭގެ މައި މަޖީދީ މަގުގައި ހުންނަ މި ތަނަކީ ގިނަ ސުޕަމާކެޓްތަކާއި ސްކޫލްތަކާއި ޕާކުތަކާ ކައިރީގައި ހުންނަ ތަނެއް
ސްޓައިލިޝް 3 ކޮޓަރީގެ އެޕާޓްމަންޓްތައް؛ ފެށޭ އަގަކީ 4.9 މިލިއަން ރުފިޔާ (ހުރިހާ ހަރަދެއް ހިމެނޭ)
ސްވިމިން ޕޫލް، ޖިމް އަދި ހެލްތު ބާ
ސްމާޓް-ހޯމްއަށް ތައްޔާރު، ހަކަތަ ސަލާމަތްކުރާ ލައިޓިން އަދި އެންމެ ޒަމާނީ ވެންޓިލޭޝަން ނިޒާމުތައް
ހެންވޭރު، ސޯސަން މަގުގައި
ތަނަވަސް 3+1 ކޮޓަރީގެ އެޕާޓްމަންޓްތައް؛ ފެށޭ އަގަކީ 6.4 މިލިއަން ރުފިޔާ (ހުރިހާ ހަރަދެއް ހިމެނޭ)
އިންފިނިޓީ ޕޫލް، ކުޑަކުދިންގެ ކުޅޭ ސަރަހައްދު، ބޭސްމަންޓް ޕާކިން އަދި ފިޓްނަސް ސެންޓަރު
ތިމާވެއްޓާ ރައްޓެހި ޑިޒައިން އަދި ސްމާޓް-ހޯމް ނިޒާމުތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ