އެންޑްރޮއިޑް 16ގެ ވަން ޔޫއައި 8 އަޕްޑޭޓް ދޫކުރަން ފަށައިފި
ސެމްސަންގް ގެލެކްސީ އެސް25 ސީރީޒް ފޯނުތަކަށް އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ ވަން ޔޫއައި 8 އޮޕަރޭޓިން ސިސްޓަމް (އޯއެސް) އަޕްޑޭޓް ދޫކުރަން ފަށައިފިއެވެ. ސެމްސަންގްގެ ކޮމިއުނިޓީ މެނޭޖަރަކު ވިދާޅުވި ގޮތުގައި، އެ އޯއެސް ދޫކުރުމަށް ދެކުނު ކޮރެއާގައި ބީޓާ ޕްރޮގްރާމް މިހާރު ނިމިފައިވާ ކަމަށާއި، މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ވަން ޔޫއައި 8 ގެ ގްލޯބަލް ސްޓޭބަލް ވާޝަންގެ ފާމްވެއާ އަޕްޑޭޓް ލިބެމުންދާ ކަމަށެވެ. މިއީ ގެލެކްސީ ޒެޑް6 ސީރީޒްއާއެކު ފުރަތަމަ ތަޢާރަފުކުރި މި އަޕްޑޭޓް ފުޅާވަމުންދާކަން ކަށަވަރުކުރާ ފުރަތަމަ ޚަބަރެވެ. ގެލެކްސީ އެސް25 ސީރީޒްއަށް ލިބޭ އެންމެ ބޮޑު އޯއެސް އަޕްޑޭޓް ލިބެން ފަށައިފައިވާއިރު، ސެމްމޮބައިލް އިން ފުރަތަމަ ފާހަގަކުރި ގޮތުގައި، ސެމްސަންގްގެ ދެކުނު ކޮރެއާ ވެބްސައިޓްގެ ކޮމިއުނިޓީ ޕޭޖްގައި ވަނީ ވަން ޔޫއައި 8 އަޕްޑޭޓްގެ ގްލޯބަލް ސްޓޭބަލް ވާޝަން ދޫކޮށްލާފައިވާކަން ހައިލައިޓްކޮށް ޕޯސްޓެއް ޝާއިޢުކޮށްފައެވެ. އެކަމަކު އެ ޕޯސްޓްގައި ބުނެފައިވާ ގޮތުން އަޕްޑޭޓް ފުރަތަމަ ދޫކުރަމުން އަންނަނީ ދެކުނު ކޮރެއާގައި ވަން ޔޫއައި 8 ބީޓާ ޕްރޮގްރާމްގައި ބައިވެރިވި ގެލެކްސީ އެސް25 ސީރީޒްގެ ޑިވައިސްތަކަށެވެ. މިއަޕްޑޭޓް ލިބޭ ޑިވައިސްތަކުގެ ތެރޭގައި ގެލެކްސީ އެސް25 އެޖް ހިމެނޭކަން އަދި އެއްވެސް ރިޕޯޓަކުން ކަށަވަރު ކުރެވިފައެއް ނުވެއެވެ. ސެމްސަންގްގެ މި އަޕްޑޭޓްތަކުގެ ތެރޭގައި އިތުރު ސަލާމަތީ ފިޔަވަޅުތަކަކާއި އަމިއްލަ ގޮތްތަކެއް ޚިޔާރު ކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އެގޮތުން މިއަޕްޑޭޓްގައި ހިމެނޭ "ނައު ބްރީފް"އިން ދުވަހުގެ މުހިންމު މައުލޫމާތުތަކާއި މިއުޒިކާއި ސިއްހީ މައުލޫމާތު ފޯރުކޮށްދެއެވެ. މިއީ ގެލެކްސީ އެސް 25 އަށް ޚާއްޞަ ކޮށްފައިވާ އަޕްޑޭޓެއް ކަމަށް ބެލެވޭ --- ސަލާމަތީ ގޮތުން "ނޮކްސް އެންހެންސްޑް އެންކްރިޕްޓެޑް ޕްރޮޓެކްޝަން" އާއި "ނޮކްސް މެޓްރިކްސް" އަދި "ޕޯސްޓް-ކުއާންޓަމް ކްރިޕްޓޮގްރަފީ" އާއެކު އަޕްގްރޭޑް ކުރެވިފައިވާ "ސެކިއުރިޓީ ވައި-ފައި" ހިމެނެއެވެ. މިކަންކަމުގެ ސަބަބުން ޑޭޓާ ރައްކާތެރިކުރުމާއި ނެޓްވޯކްގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާވެއެވެ. މީގެ އިތުރުން އޭއައިއާ ގުޅުންހުރި ކަންކަމަށް ބަލާއިރު، މި އަޕްޑޭޓްގައި "ޖެމިނައި ލައިވް އިން އެޕްތައް ބަދަލުނުކޮށް ރިއަލް-ޓައިމް މުއާމަލާތްތައް ކުރެވޭނެއެވެ. އަދި "ގޫގުލް ސާކަލް ސާޗް" އިން ގޭމް ކުޅޭއިރު ސްކްރީނުން އެއްޗެއްގައި ބޮޅު އެޅުމުން އެ އެއްޗަކާ ގުޅޭ މައުލޫމާތު ވަގުތުން ލިބެއެވެ. މީގެ އިތުރުން ބޮޑެތި ސްކްރީންތަކަށް "ގެލެކްސީ އޭއައި އިން މަލްޓި ވިންޑޯ" އާއި "ޑްރޯއިން އެސިސްޓް" އަދި "ރައިޓިން އެސިސްޓް" ފަދަ ވަސީލަތްތައް ފޯރުކޮށްދެއެވެ. "ފްލެކްސްވިންޑޯ" ގައި "ޖެމިނައި ލައިވް" އާއި "އޯޑިއޯ އިރޭޒާ" އާއި "ޕޯޓްރެއިޓް ސްޓޫޑިއޯ" ފަދަ ފީޗާތައް ވެސް ހިމެނެއެވެ. އަދި ގަޑި އެޕްގެ އާ ޑިޒައިން އާއި "ފްލެކްސްވިންޑޯ ކަސްޓަމައިޒޭޝަން" އަކީ ފޯނު ބޭނުންކުރާ މީހާގެ ބޭނުންތަކާ އެއްގޮތަށް ބަދަލުތައް ގެނައުމުގެ ފުރުސަތު ދޭނެ ކަންކަމެވެ. މީގެ އިތުރުންވެސް "ކޯލް ކެޕްޝަންސް" އާއި "އިންޓާޕްރިޓާ" އިން މުވާސަލާތު ކުރުން ފަސޭހަކޮށްދެއެވެ. މި އަޕްޑޭޓް ދޫކުރަމުން އަންނަނީ S93xNKSU5BYI3 ފާމްވެއާ ވާޝަނާއެކުއެވެ. ރިޕޯޓްތައް ބުނާގޮތުން ގެލެކްސީ އެސް25 އަލްޓްރާ އަށް މި އަޕްޑޭޓްގެ ޑައުންލޯޑް ސައިޒަކީ 555.45އެމްބީ އެވެ. ބީޓާ ޕްރޮގްރާމްގައި ބައިވެރިނުވާ ފަރާތްތަކަށް ވެސް މި އަޕްޑޭޓް ލިބޭނެ ކަމަށް ވެއެވެ. އަޕްޑޭޓް ލިބުމާއެކު، ބޭނުންކުރާ ފަރާތްތަކަށް އޭގެ އޮޓޯމެޓިކް ނޮޓިފިކޭޝަނެއް ލިބޭނެއެވެ. ނޫންނަމަ، ސެޓިންގްސްގެ ސޮފްޓްވެއާ އަޕްޑޭޓް އަށް ގޮސް އަޕްޑޭޓް އައިސްފައިވޭތޯ ބަލައިލެވޭނެއެވެ. އަޕްޑޭޓް ލިބިފައިވާނަމަ އިންސްޓޯލް ކުރެވޭނެއެވެ. މި އަޕްޑޭޓް ދެކުނު ކޮރެއާގައި ދޫކުރަން ފަށާފައިވާތީ، ބައިނަލްއަގުވާމީ އެހެން މާކެޓްތަކަށް ވެސް އަވަހަށް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ