އެޗްޑީސީން ލައްކައަކަށް ވުރެ ގިނަ ގަސް އިންދައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ އިން ކުރިއަށްގެންދާ އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ލައްކައަކަށް ވުރެ ގިނަ ގަސް އިންފާދައިވާކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެޗްޑީސީން ގަސްތައް އިންދަނީ ރައީސްގެ ވައުދުފުޅަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިންނެވެ. އެޗްޑީސީގެ އިސް ބޭފުޅުން އެ ކޯޕަރޭޝަނުން ބެހެއްޓި "ފެހި މަންޒަރު" ބޯޑު ކުރިމަތީ ފޮޓޮއަކަށް ހުއްޓިގެން --- ފޮޓޯ: އެޗްޑީސީ އެ ޕްރޮގްރާމްގެ ދަށުން އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑެއް "ފެހި މަންޒަރު"ގެ ނަމުގައި މިއަދު މެންދުރުފަހު އިފްތިތާހުކުރުމަށް ނެރުނު ބަޔާނެއްގައި އެޗްޑީސީން ބުނީ، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 105،000 ގަސް އިންދާފައިވާ ކަމަށެވެ. އެ ކޯޕަރޭޝަނުން ބުނީ، އެ ބޯޑުން ހާމަވަނީ ތިމާވެށި ހިމާޔަތްކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތާއި، ރައީސްގެ ފަސް މިލިއަން ގަސް އިންދުމުގެ ވައުދުފުޅު ފުރިހަމަކުރުމަށް ޓަކައި އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ހިތްވަރު ކަމަށެވެ. މި ބޯޑު ބެހެއްޓުމުގެ މައިގަނޑު މަގްސަދަކީ އެޗްޑީސީން ބުނިގޮތުގައި، އެއް މިލިއަން ގަސް އިންދުމުގެ އަމާޒަށް ވާސިލްވުމަށް ޓަކައި އެ ކޯޕަރޭޝަނުން ކުރާ މަސައްކަތް އާންމުންނަށް ދައްކާލުމެވެ. މިދިޔަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމަށްވާ ޖޫން ފަހެއް، 2024ގައި ފަސް މިލިއަން ގަސްއިންދުމަށް ފަށާފައިވަނީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުންނެވެ. އެމަނިކުފާނު މި ޕްރޮގްރާމް ހިންގަވާނެކަން ހާމަކުރެއްވީ 2023ވަނަ އަހަރު ޔޫއޭއީގައި ބޭއްވި ކޮޕް-28 ސަމިޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ