ނިކަމެތި ޙާލެއްގަ ޖެހުނަސް އެއީ ދާއިމީ ކަމެއް ނޫން! އެކަމުން އަރައިގަތުމުގެ ބޭނުމުގަ ﷲ ރުހިވޮޑި ނުގަންނަވާ ކަންކަން ކުރަން ހެޔޮނުވާނެ! ލިބޭނެ ދެރަ މާބޮޑުވާނެ!

ދުނިޔޭގައި ދެރަ ނިކަމެތި ޙާލެއް ކުރިމަތިވިނަމަވެސް އެއީ ދާއިމީ ކަމެއް ނޫނެވެ! ﷲ ތަޢާލާ އިރާދަކުރެއްވެވުމުން އެކަމުން އަރައިގަނެވޭނެއެވެ. ވީމާ ކުރިމަތިވާ ކަންކަމުން އަރައިގަތުމަށް މަސައްކަތްކުރަންވާނީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ މަގުންނެވެ.
ދުނިޔޭގައި އުފުލަންޖެހޭ ތަކްލީފަކުން އަރައި ނުގަނެވުނަސް އެއީ މައްސަލައެއް ނޫނެވެ. އެތަކްލީފެއް އެމީހަކާއިއެކުގައިވާނީ މަރުވަންދެންނެވެ. މަރުވުމުން އެމީހަކު ވާނީ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. އިން ޝާ ﷲ. ދުނިޔޭގައި އުފުލަން ޖެހުނު އެއްވެސް ތަކްލީފެއް އެމީހަކާއިއެކުގައެއް ނުވާނެއެވެ. 
މީހަކަށް ކުރިމަތިވާ އެއްވެސް ތަކްލީފަކީ ނުވަތަ އުޅެންޖެހޭ ދަތިޙާލަކީ އެމީހަކު ކުރަން ބޭނުންވާ އަޅުކަމެއް ކުރަން އޮތް ހުރަހެއް ނޫނެވެ. ތަނަވަސްކަން ނެތަސް ބަލިޙާލުގައި އުޅެންޖެހުނަސް ހެޔޮ ޢަމަލުތައް ކުރެވޭނެއެވެ. ބަލިމީހުންނަށް ވަނީ ލުއިފަސޭހަ ގޮތުގައި ހެޔޮ ޢަމަލުކުރެވޭނެ މަގު ފަހިކޮށްދެއްވަވައިފައެވެ. 
އެމީހަކާއިއެކުގައިވާނީ އެމީހަކު ކުޅަ ޢަމަލުތަކެވެ. ފާފަކުރެވިފައިވާނަމަ އެކަމުގެ ޢަޛާބެވެ. ހެޔޮ ޢަމަލުކުރެވިފައިވާނަމަ އެކަމަށް ﷲ ތަޢާލާ ދެއްވަވާ ދެއްވަވާ ބޮޑު ރަޙްމަތެވެ. 
ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.: 
ތިބާ ދިރިއުޅުމުގެ މައްސަލަތަކުން އަރައިގަތުމަށް ކުރާ މަސައްކަތަކީ ތިބާއާއި ﷲ އާއި ދުރުކުރުވާ ކަމަކަށް ނުހައްދާށެވެ. އެ ކަންކަން ތިބާ ﷲ އާއި ގާތް ކުރުވާނަމަ އެއީ ބަރަކާތެކެވެ.  އަދި އެ ކަންކަން ތިބާ ﷲ އާއި ދުރު ކުރުވާނަމަ އެއީ ފަހަރުގައި ﷲ ތިބާއާއި ރުހި ވޮޑިނުގަންނަވާ ކަމުގެ ހެއްކެއް ކަމުގައި ވެދާނެއެވެ. އަދި އެއީ ތިބާއަށް ހުރި ޢަޒާބު އަންގައިދޭ ކަމަކަށްވެސް ވެދާނެއެވެ. 
ތިބާ ނިކަމެތި ހާލުގައި ކަންކަމުން އަރައިގަތުމަށް މަސެއްކަތް ކުރާ ކޮންމެ ފަހަރަކު ތިބާ އަމިއްލަ ނަފްސަށް ބުނާށެވެ. "ﷲ ތިބާއަށް އެކަލާންގެ އަރިހަށް އައުމަށް އަންގަވަނީއެވެ." 
ކިހާ ދުވަހަކު މި ހާލުގައި މަސެއްކަތް ކޮށްކޮށް ހުންނަންޖެހޭނެކަން ﷲ ދެނެވޮޑިގެންވެއެވެ، ތިމާއަށް މިޙާލަތުކުރިމަތިކުރިމަތިކުރެއްވެވީ ﷲ ތަޢާލާކަން ޤަބޫލުކޮށް ޝުކުރުވެރިވެ ކެތްތެރިވާ އަޅަކު ނިކަމެތި ނުކުރައްވަވާނެކަން އެއީ ޔަޤީންކަމެކެވެ! އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ