ޗައިނާ-ރާއްޖެ ޓްރެއިނިން ޕްރޮގްރާމްގެ ބައިވެރިންގެ އަގުވަޒަންކޮށްފި
ޗައިނާ-ރާއްޖެ ހިއުމަން ރިސޯސް ޓްރެއިނިން ޕްރޮގްރާމްގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ. ޗައިނާ-ރާއްޖެ ހިއުމަން ރިސޯސް ޓްރެއިނިން ޕްރޮގްރާމްގައި މިއަހަރު އެކި ދާއިރާތަކުގެ 287 ދިވެހިން ބައިވެރިވިއެވެ. މި ޕްރޮގްރާމްގެ ބައިވެރިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ނޫސްވެރިން އަދި ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން ހިމެނެއެވެ. https://x.com/China_Amb_Mdv/status/1995507208432529907 މި ޕްރޮގްރާމްގެ ބައިވެރިންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން އިގްތިޞާދީ ތަރައްގީއާއި، ސިއްހީ ދާއިރާއާއި އެޑިއުކޭޝަން މެނޭޖްމަންޓްގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ބައިވެރިން ތަމްރީނު ހޯދާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ބައިވެރިން ޗައިނާގައި މަތީ ތައުލީމް ހާސިލްކުރަން ސްކޮލާޝިޕްތައް ދީފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ. ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ: ވިދާޅުވީ ޓްރެއިނިން ޕްރޮގްރާމްގެ ބޭނުން ބައިވެރިން ރަނގަޅު ގޮތުގައި ހިފާނެ ކަމަށް އުންމީދުކުރައްވާ ކަމަށް --- ސަން ފޮޓޯ: ހަސަން ހާފިޒު ސަފީރު ވިދާޅުވީ ޗައިނާ-ރާއްޖެ ހިއުމަން ރިސޯސް ޓްރެއިނިން ޕްރޮގްރާމްގައި ދަސްކުރި ތަކެތީގެ ބޭނުން ހިފައި، ރާއްޖޭގެ ތަރައްގީ ބައްޓަންކުރުމަށް މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މި ރަސްމިއްޔާތުގައި ޗައިނާ-ރާއްޖެ ހިއުމަން ރިސޯސް ޓްރެއިނިން ޕްރޮގްރާމްގެ ބައެއް ބައިވެރިން ވަނީ ޗައިނާގައި ކުރި ތަޖުރިބާ ހިއްސާކޮށް، ޕްރޮގްރާމުން ދަސްވި ކަންކަން ވެސް ހިއްސާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ