ފަތުރުވެރިކަމުގެ ދާއިރާ މާކެޓު ކުރުމުގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފި އެވެ.
ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަން ފުލުހުން ހާމަކުރީ އިއްޔެ އެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ފެށި އިރު ސަނީ އުމަރު ހުރީ ރާއްޖެއިން ބޭރުގައި އެވެ. ނަމަވެސް މިއަދު ހަވީރު އޭނާ ރާއްޖެ އައުމާއިއެކު ފުލުހުން ވަނީ އޭނާގެ ބަޔާން ނެގުމަށް އެއާޕޯޓުން ފުލުހުންގެ ހިމާޔަތުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އުނިޓަށް ހާޒިރުކޮށްފައެވެ.
އަދި ގިނަ އިރުތަކެއް ވަންދެން އޭނާގެ ބަޔާން ނެގުމަށްފަހު ސަނީ އުމަރު އޭނާ ދިރިއުޅޭ ގެއަށް ގެންގޮސްދިނީވެސް ފުލުހުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ސަނީ އުމަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އިތުރުބާރު ހުރި މަސްދަރަކުން ގާފު ނޫހަށް މައުލޫމާތު ދިން ގޮތުގައި ސަނީ އުމަރު ހައްޔަރުކޮށްފައިވަނީ މިރޭ އޭނާ ރާއްޖެއިން ބޭރަށް ފުރަން މަސައްކަތްކުރަނިކޮށް ފްލައިޓަށް އޭނާ އެރިވެސް ފަހުން ފުލުހުންގެ ޓީމެއް ފްލައިޓަށް އަރައެވެ.
އިތުރު ތަފްސީލް އަންނަނީ ..
ސަނީ އުމަރު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ