ޝަހީދު ޙުސައިން ޢާދަމްގެ ބައްޕާފުޅު ނިޔާވުމާއި ގުޅިގެން އާއިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ޝަހީދު ޙުޞައިން ޢާދަމްގެ ބައްފާފުޅު ނިވާވުމާއި ގުޅިގެން، އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
މި ތަޢުޒިޔާގައި އެމަނުކުފާނު ވިދާޅުވީ ދިވެހިން އެބޭފުޅަކަށްޓަކައި ފަޚުރުވެރިގާ ޝަހީދު ޙުޞައިން އާދަމްގެ ބައްޕާފުޅު ހދ. ކުޅުދުއްފުށީ މާވާގެ އާދަމް މުޙައްމަދު ނިޔާވި ޚަބަރު އެއީ ފުންހިތާމައާއެކުކަމަށެވެ. އަދި މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ، މަރުޚޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާ ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓްގައި ވިދާޅުވިއެވެ.
ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅު ނިޔާވީ ހާލުު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރުފަހު 1:40 ހާއިރުއެވެ. ޢާދަމް މުޙައްމަދު ނިޔާވިއިރު އުމުރުފުޅަކީ 89 އަހަރުއެވެ. އަވަހާރަވީ އާލާސްކަންފުޅާ ދިގުމުއްތަކަށް އުޅުއްވުމަށްފަހުގައެވެ.
އާދަމް މުޙައްމަދުގެ ދަރިފުޅު ޙުސައިން އާދަމަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އެންމެ ނުރައްކާތެރި ޢުދުވާނީ ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ތެރެއިން އެކަކެވެ. އަދި 3 ނޮވެންބަރުގައި ޙަމަލާ ދިން ވަގުތު، ސިފައިންގެ ދޮރުވާނެއްގެ ގޮތުގައި ޑިޔުޓީގައި ހުންނެވީވެސް ޙުސައިން އާދަމެވެ.
ސިފައިންގެއަށް އަމާޒުކޮށް ޙަމަލާ ދިންވަގުތު، ދުޝްމިނުންނަށް އެއްވެސް ދޫ ދިނުމެއްނެތި ރައްދު ޙަމަލާ ޙުސައިން އާދަމް ދެއްވަމުން ގެންދެވިއެވެ. ޝަހީދުވީ ވަޒަން ހުސްވެ، އެތައް އުންޑައެއް ގަޔަށް އެރިފަހުން ކަމަށް، އެ ދުވަހުގެ މަޢުލޫމާތު ދެއްވާ ބޭފުޅުން ވިދާޅުވެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ