އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ފަލަސްތީނުގެ ޖެނީން ރެފިއުޖީ ކޭމްޕަށް އިއްޔެ އަރައިގަނެ ހިންގަމުންގެންދާ ލާއިންސާނީ ޓެރަރިސްޓު ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 10 މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.
އަދި އިތުރު 100 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ހާމަކުރެއެވެ.
އިސްރާއީލު ސިފައިން ބަރު ހަތިޔާރާއެކު ޖެނީން ރެފިއުޖީ ކޭމްޕަށް ވަދެގެންފައިވަނީ "ޓެރަރިޒަމް ހުއްޓުވުމުގެ" ނަމުގައެވެ. އިސްރާއީލު ސިފައިން ޖެނީންއަށް ވަދެގެންފައި މިވަނީ ޖެނީން ސިޓީގައި ޖަރީމާ ނުހިންގާތާ އަހަރެއް ފަހުންނެވެ.
މި އުދުވާނުގައި، ޖެނީން ސިޓީއާއި ރެފިއުޖީ ކޭމްޕަށް ވަދެގަނެ ރޭގައި ފަލަސްތީނުގެ 500 އަށްވުރެ ގިނަ އާއިލާތައް ގެދޮރުން ބޭރުކޮށްލާފައި ވެއެވެ.
ގެދޮރުން ބޭރުކޮށް މަގުމަތިކޮށްލި އާއިލާތައް ސަރުކާރު މައި ހޮސްޕިޓަލުން ހިމާޔަތް ހޯދުމުން، ބޮމާއި، ކަރުނަގޭހުން މިއަދު ހޮސްޕިޓަލަށް ހަމަލާދީ ބޮޑެތި ޖަރީމާތައް ހިންގާފައި ވެއެވެ.
އިސްރާއީލުގެ ޓެރަރިސްޓުން އިއްޔެ ޖެނީންއަށް ވަދެގެންފައިވަނީ ޑްރޯން ހަމަލާތައް ދެމުންނެވެ.
އަދި އޭގެފަހުން ބަރުހަތިޔާރު ބޭނުންކޮށްގެން އެތައް ގެއަކާއި އިމާރާތެއް ސުންނާފަތި ކޮށްލާފައި ވެއެވެ. އަދި އެތައް ވެހިކަލަކަށްވެސް ހަމަލާދީ ހަލާކުކޮށްލާފައި ވެއެވެ.
ޖެނީން ރެފިއުޖީ ކޭމްޕުން ކަރަންޓުގެ ޚިދުމަތް ކަނޑާލައި، މުއާސަލާތީ ޚިދުމަތްވެސް ވަނީ ކަނޑާލާފައެވެ.
ގޭގެއަށް ވަދެ ކުޑަކުދިންނާއި، އަންހެނުންނަށް އަނިޔާކޮށް ބިރުދައްކައި، އަދިވެސް ގެންދަނީ ގެދޮރުން ނެރެ ބޭރުކުމުންނެވެ.
އިސްރާއީލުގެ ޓެރަރިސްޓު އުދުވާނުތައް ހުއްޓުވަން އަވަށްޓެރި އަރަބި ގައުމުތައް ނުކުޅެދިފައި ވާއިރު، ދުނިޔޭގެ ބާރުގަދަ ބޮޑެތި ގައުމުތަކާއި އދއަށްވެސް އެއްވެސް ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ.
އެމެރިކާގެ ކޮންގްރެސްގެ ފަލަސްތީނު ނަސްލުގެ މެމްބަރު ރާޝިދާ ތްލައިބުވަނީ، އެމެރިކާގެ ޓެރަރިސްޓު އުދުވާނުތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި އިސްރާއީލުގެ ނަސްލީ އިމްތިޔާޒުގެ ވެރިކަމަށް ފަންޑުކުރުން ކޮންގްރެސްއިން ހުއްޓާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޖެނީންގައި އިސްރާއީލުން ހިންގާ ޖަރީމާތައް ނުހުއްޓާ، ފަލަސްތީނުގެ 10 މީހުން ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ