ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލައިގެ “ފަހު ތަޅާލުމަށް” ސުޕްރީމް ކޯޓަށް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު މައި ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ
މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމުގައިި ސޮއިކުރެއްވީ ކަރެކްޝަންސް މެދުވެރިކޮށެވެ.
އެ ފޯމު އިއްޔެ އީސީއަށް ހުށަހެޅުމުން ގާނޫނީގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އިއްޔެ މެންދުރުފަހު އީސީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޕީޕީއެމަށް އެކަން އަންގައިފަ އެވެ
ޔާމީންގެ އިސް ވަކީލު އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ މަނިކުފާނުގެ ރަނިންމޭޓް ކަމަށް ހަމަޖައްސާފައިވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް މިއަދު ފަތިހު ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
“މިއަދު މި ކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތް. އިންޝާﷲ ހައްގަށް ނަސްރު ލިބިގެންދާނެ،” ޖަމީލު ވިދާޅުވި އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ