ރެޑްވޭވުން %10 ޑިސްކައުންޓާ އެކު ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފި

ކުރިއަށް އޮތް ސްކޫލު ސީޒަނާ ދިމާކޮށް ރެޑްވޭވުން 'ބެކް ޓު ސްކޫލް ޕްރޮމޯޝަން' ފަށައިފި އެވެ.
ތަފްސީލް - ރެޑްވޭވުން ބުނީ، މި ޕްރޮމޯޝަނުގެ ދަށުން ހޮވާލެވިފައިވާ ތަކެތިން %10 ލިބޭނެ ކަމަށެވެ.
ސްކޫލު ބަންދަށް ފަހު، ދިރާސީ އާ އަހަރު ފެށެން ވާއިރަށް ސްކޫލަށް ބޭނުންވާ ސާމާނު ހަމަކުރުމަށް އެހީއަކަށް ވާނެ މި ޕްރޮމޯޝަނުގެ ދަށުން ސްކޫލަށް ގެންދަން ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބޭނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
ސްޓޭޝަނަރީ
ދަބަސް
އިންޓަވަލް ފުޅި
ސްކޫލަށް ބޭނުންވާނެ އެހެނިގެން ސާމާނު
މި ޕްރޮމޯޝަން މާލޭގައި ހުންނަ ރެޑްވޭވު ޕެވިލިއަންގެ އިތުރުން، ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަ މޯލް އާއި ރެޑްވޭވުގެ އެހެން ފިހާރަތަކުގައި ވެސް ކުރިއަށް ދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ