ސުޕްރީމް ކޯޓުން ވަގަށް އަނބު ބިން މީހަކު ބަންދުކޮށްފި

އޭނާ ބުނެފައި ވަނީ އަނބު ބިނދެފައި ވަނީ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮތުމުން ރަހުމަތްތެރީންނަށް އަނބު ބެހުމަށް ކަމަށެވެ. އެ ގަހުން އަނބު ބިނުމަކީ މަނާކަމެއްކަން ނޭންގޭ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގައި ހުރި އަނބު ގަހުން ވަގަށް އަނބު ބިން މީހަކު 15 ދުވަހަށް ބަންދުކޮށްފި އެވެ.
ހއ. ހޯރަފުށީ ރަންތަރިދޯދިމ އަލީ ރިޒާ ކިޔާ މީހަކު ރޭ ހައްޔަރުކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ އަނބު ގަހުން އަނބު ބިންނަން ހުއްޓަ އެވެ. ހައްޔަރުކޮށް ބަންދު މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން އޭނާ ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ގޯތި ތެރެއަށް ނުވަންނަ ކަމަށެވެ.އޭނާ ބުނެފައި ވަނީ އަނބު ބިނދެފައި ވަނީ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮތުމުން ރަހުމަތްތެރީންނަށް އަނބު ބެހުމަށް ކަމަށެވެ. އެ ގަހުން އަނބު ބިނުމަކީ މަނާކަމެއްކަން ނޭންގޭ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.އަލީ ރިޒާއަކީ ވައްކަމާއި މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުގައި ބަޔާންކޮށްފައިވެ އެވެ. ސުޕްރީމް ކޯޓަކީ 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ތަނެކެވެ. ފުލުހުން އޭނާ އަތުލައިގެންފައި ވަނީ އަނބު ބިންނަން އޮއްވަ އެވެ. އޭނާ ވަނީ ކޯޓުގެ އަނބު ގަހުން 60 އެހާ އަނބު ބިނދެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ