މުއިއްޒަށް މަރުހަބާ ދަންނަވަމުން ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިހާބުގައި ރައްޔިތުން ދެއްކެވި ރީތި ނަމޫނާއަށް ޝުކުރު ދަންނަވާ ކަމަށެވެ. އެމަނިކުފާނަށް ވޯޓް ދެއްވި ހުރިހާ ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވާފަ އެވެ.
ރިޔާސީ އިންތިހާބު 2023 ކާމިޔާބު ކުރެއްވި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފި އެވެ.
މުއިއްޒަށް ރިޔާސީ އިންތިހާބު ކަށަވަރު ވުމާއެކު އިދިކޮޅު ސަޕޯޓަރުން މިހާރު ދަނީ އުފާފާޅުކުރަމުންނެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ރައީސް އާއި އަޅާ ބަލާއިރު މުއިއްޒު އުޅުއްވަނީ ވަރަށް ކުރީގަ އެވެ.މުއިއްޒަށް މަރުހަބާ ދަންނަވަމުން ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިހާބުގައި ރައްޔިތުން ދެއްކެވި ރީތި ނަމޫނާއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނަށް ވޯޓް ދެއްވި ހުރިހާ ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވާފައިވެ އެވެ.
މިއަދުގެ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވިއިރު އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ކުރި ހޯއްދަވާފައި ވަނީ މުއިއްޒެވެ. އެހެންވެ، މި އިންތިހާބު މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށް މާކުރިން ވެސް ވަނީ އަންދާޒާ ކުރެވިފަ އެވެ.ވަރަށް ގިނަ ބަޔަކު ދަނީ މުއިއްޒަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޖިލީސް މެންބަރުން ވެސް ހިމެނެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރައީސް ބަލި ގަބޫލުކުރައްވައި މުއިއްޒަށް މަރުހަބާ ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ