އެކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން އެމީހަކު ކުރާ ކޮންމެ މަސައްކަތެއްވެސް ކާމިޔާބުވާނެ! ސުވަރުގެވެސް ވައްދަވާނެ! އިން ޝާ ﷲ

ދިރިއުޅުމުގައި މީހަކަށް ކުރެވޭނެ އެންމެ ބޮޑު ކުށަކީ ޙާޞިލްކުރަން ބޭނުންވާ އެއްވެސް ކަމެއް ޙާޞިލް ނުކުރެވޭނެ ކަމަށް ޤަބޫލުކޮށް މާޔޫސްވުމެވެ. އެއަށްވުރެ ބޮޑު ކުށެއް އެއްވެސް މީހަކަށް ނުކުރެވޭނެއެވެ. 
ކޮންމެ ކަމެއްވެސް ޙާޞިލްކުރަން އޮތީ ހަމައެއް ކަމެކެވެ. އެއީ އެކަމެއް ޙާޞިލްކުރަން އެމީހަކަށް ކުރެވެންހުރި މަސައްކަތެއް ކުރުމާއި ދުޢާކުރުންމަތީގައި ޘާބިތުވެ ހުރުމެވެ. ކޮންމެ މީހަކުވެސް ޔަޤީންކުރަންވީ މިބުނި މަގުގައި ޘާބިތުވެ ހުރިނަމަ އެމީހާގެ ބޭނުން ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ ކަމެވެ. 
ބުނަން ހެއްޔެވެ؟ ބައެއް ޙާލަތްތަކުގައި އެމީހަކު ކުރިއަރައިދާން އެންމެ ބޮޑަށް ބޭނުންވާ މިންވަރަށް ކުރިއަރައި ނުދެވިދާނެއެވެ. ނަމަވެސް ހިންމަތާއިއެކު މަސައްކަތްކޮށްފިނަމަ އެކަށީގެންވާ މިންވަރަކަށް ކުރިއެރުން ހޯދޭނެއެވެ. 
އާޚިރަތް ހޯދަން މަސައްކަތްކުރާ މީހާއަށްވެސް އޮތީ ހަމަ އެގޮތެވެ! މަސައްކަތްކުރަންވީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ "ޖަންނަތުލްފިރުދައުސް" ހޯދުމަށެވެ. އެހެންސް ދިމާވާ ގޮތަކުން، ތިމާއަށް ޢަމަލުކުރެވޭ ގޮތަކުން ޖަންނަތުލްފިރުދައުސް ނުލިބުނު ކަމުގައިވީނަމަވެސް ޖަންނަތުލްފިރުދައުސް އެދިގެން އެމީހަކު ކުރަންޖެހޭ މަސައްކަތްކޮށްފިނަމަ އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ 
މީސްތަކުން ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން ޙައްޤުމަގުގައި ތިބެގެން ކާމިޔާބުކުރަން ަމސައްކަތްކުރާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ