ފީފާ ވޯލްޑް ކަޕް/އޭޝިއަން ކަޕް ކޮލިފިކޭޝަން: ބަނގްލަދޭޝް އާއި ރާއްޖޭ ކުޅޭ މެޗް ހަވީރު 4:00 ގައި

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގައި ރާއްޖެއާއި ބަނގްލަދޭޝް ބައްދަލުކުރާ މެޗު މިއަދު ހަވީރު 4:00 ގައި ގަލޮޅު ދަނޑުގައި ފެށޭނެއެވެ.
ވޯލްޑްކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖެއިން ބަނގްލަދޭޝް އާއި ދެކޮޅަށް ކުޅޭ ދެ މެޗްވެސް އޮންނާނީ މިމަހު އެވެ. މިއަދު އެއް މެޗު ކުޅޭއިރު ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ބަނގްލަދޭޝްގެ ސިލްހެޓްގައެވެ.
ރާއްޖޭގެ ގައުމީ ޓީމުން އަމިއްލަ ދަނޑުގައި ކުޅޭ މިއަދުގެ މެޗަށް އެފްއޭއެމް އިން ވަނީ ގާތްގަނޑަކަށް 4500 އެއްހާ ޓިކެޓް ވިއްކާފައެވެ. ރާއްޖެއަށް 900 އެއްހާ ޓިކެޓް ހާއްސަކޯށްފައިވާއިރު އަވޭޓީމަށް ހާއްސަކޮށްފައި އޮތީ 20 ޕަސެންޓްގެ ޓިކެޓެވެ.
ގައުމީ ޓީމުގެ ކޯޗް އަލީ ސުޒެއިން ބުނެފައިވަނީ މިއަދުގެ މެޗަށް ދިވެހި ޓީމު ނުކުންނަ އިރު ގައުމީ ސްކޮޑްގެ 15 ކުޅުންތެރިން މާޒިޔާގައި ހިމެނޭތީ މާޒިޔާގެ ފަރިތަކުރުންތަކަށް ގައުމީ ޓީމުން ވަރަށް ބޮޑަށް ބަރޯސާވެފައިވާ ކަމަށާއި، އެހެންކަމުން ކުޅުންތެރިންނާއި މެދު އިތުބާރު އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ