ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މުހައްމަދު ރާމިޒް އަވަހަރާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ތައުޒިޔާ ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ގ.ލިފަދޫ، މުހަައްމަދު ރާޒިމް އަވަހާރަވުމުގެ ހިތާމައިގައި އެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި ރާމިޒް އަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ހިދުމަތް ކުރެއްވި ބޭފުޅެއްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެއިތުރުން ރައީސް ވަނީ މާތް ﷲ ރުއްސެވުމާއި ފުއްސެވުމުގައި މަރްހޫމް މުހައްމަދު ރާމިޒް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާކުރައްވާފަ އެވެ.
ކުރީގެ މެންބަރު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ