ކުރީގެ ރައީސް މައުމޫނަށް ކޮވިޑް19 ޖެހުނުކަން އެނގުމުން، ރައީސް މައުމޫނު ވަޅުލުމުގެ ކުރިން ދަރަނި އަދާކުރަންވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މައުމޫނުގެ ދަރިކަލުން، ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫނު ވަނީ ޖާބިރު ޣައްސާނަށް ގުޅައިގެން ދެއްކެވި ވާހަކަ ރިކޯޑުކޮށް ޓްވީޓްކޮށްފައެވެ.
އޯޑިއޯގައި ޖާބިރު ވަނީ ރައީސް މައުމޫނަށް ކޮވިޑު ޖެހުނުކަން އެނގުމުން އެކަމާއި ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ބައްޕަ ވަޅުލުމުގެ ކުރީގައި ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ދޭންވާނެކަމަށްވެސް ޖާބިރު ވިދާޅުވެއެވެ.
”ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ދޭންވާނެ، އޭނާ ވަޅުލުމުގެ ކުރީގަ އެކަންކަން ހަމަޖައްސަން ޖެހޭނެ“ ޖާބިރު ވިދާޅުވެއެވެ.
އަދި ޣައްސާނަކީ ވެރިކަމަށް އަންނަން އުޅުއްވާ ބޭފުޅެއްކަމަށާއި، ޣައްސާނު ވަނީ ބައްޕަގެ ދަރަންޏަށް ޒިންމާ އުފުލަން ނުޖެހޭނެކަމަށް ވިދާޅުވެފައިކަމަށްވެސް ޖާބިރު ވިދާޅުވެއެވެ. އަދި ބައްޕަގެ ތަރިކަ މުދަލުން ބަދަލު ދެއްވަންވާނެ ކަމަށާއި، ޖާބިރު އަތުން 29 މިލިއަން ރުފިޔާ ރައީސް މައުމޫނު ނަގާފައިވާކަމަށްވެސް ވިދާޅުވެއެވެ.
Majlis therey kiyuvvaa echehi samaasa kamah heekurin. Ekam alhugandumenge aaila ah dhima vefa miyoh haas kamuge vaguthu, @chairmanjabir ge hippulhuge hageegee kulavaru dhakkavaa thi levvee. Varah dhera vejje. Komme dhirumehves nimidhiunhuree ekalaange hadhrathah. pic.twitter.com/YZS92Umm1Q
— Mohamed Ghassan Maumoon (@mgmaumoon) August 25, 2020
އެ ރެކޯޑިން ޓްވީޓް ކުރައްވަމުން ޣައްސާނު ވިދާޅުވެފައިވަނީ މަޖިލީހުގައި ޖާބިރު އެ ވާހަކަ ދައްކަވަވަނީ މަޖަލަކަށް ކަމަށް މީގެކުރިން ހީކުރިނަމަވެސް އާއިލާއަށް ދިމާވެފައިވާ މި ހާސްކަމުގެ ވަގުތުގައި ޖާބިރުގެ އަސްލު ސިފަ ދައްކާލީތީ ވަރަށް ހިތާމަކުރައްވާ ކަމަށެވެ.
ރައީސް މައުމޫނު ޖާބިރު އަތުން29 މިލިއަން ރުފިޔާ ނެންގެވިކަމަށް ވިދާޅުވެ އެ ފަައިސާ އަބުރާ ދެއްކުމަށް ޖާބިރު ވަރަށް ގިނަ ޕްލެޓްފޯމްތަކެއްގައި މީގެކުރިންވެސް ވަނީ ގޮވާލައްވާފައެވެ.
ރައީސް މައުމޫނު ކޮވިޑަށް ފައްސިވިކަން އެމަނިކުފާނު އިއުލާނުކޮށްފައިވާއިރު، މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެދުމަތި ކޮށްފައެވެ.
ރައީސް މައުމޫނު ވަޅުލުމުގެ ކުރިން ދަރަނި އަދާކުރަން ވާނެކަމަށް ޖާބިރު ޣައްސާނަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ