ބައްސާމް ގޭބަންދަށް ބަދަލުކޮށްފި

ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތަކެއްގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޭބަންދަށް ބަދަލުކޮށްފި އެވެ.
ވީކިިހިނެއް؟ - ބައްސާމްގެ މައްޗަށް ދައުވާކުރި ދެ މައްސަލައެއްގައި ކުށް ސާބިތުވެ، އޭނާ ގެންދަވަނީ ޖުމުލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ތަފްސީލް - އޭނާ ގޭބަންދަށް ބަދަލުކުރިކަން ކަރެކްޝަންސްގެ އޮފިޝަލަކު 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މި ކަމުގައި ކަރެކްޝަންސްގެ ރަސްމީ ބަހެއް ނުލިބޭތީ ބަދަލުކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ބައްސާމްގެ މައްޗަށް ހުކުމްކޮށްފައިވަނީ:
އެފްއޭއެމަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގައި 9 އަހަރު
ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުން 1 މިލިއަން ޑޮލަރަށް އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތް ކަމަށް ބުނާ މައްސާލަގައި 23 އަހަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ