ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން ޕްރައިމަރީ ފަށައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޓިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.ހެނދުނު 9:00 ގައި ފެށި ޕްރައިމަރީ ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.މި ޕްރައިމަރީގައި 297 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެއީ، ކައުންސިލް މެންބަރުންނަށް ވާދަކުރާ 82 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށް ވާދަކުރާ 48 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ ރައީސުންނަށް ވާދަކުރާ 47 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަށް ވާދަކުރާ 19 ކެންޑިޑޭޓުންގެ އިތުރުން އެ ކޮމިޓީގެ މެންބަރުންނަށް ވާދަކުރާ 98 ކެންޑިޑޭޓުުންނެވެ.ޕްރައިމަރީ މިއަދު ބާއްވާ އިރު ޕްރައިމަރީއަކާ ނުލައި ބައެއް ދާއިރާތަކުގެ ޓިކެޓް ބައެއް މީހުންނަށް ލިބިފައިވެ އެވެ.ކައުންސިލް އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް ޕީއެންސީއަށް ގިނަ ބަޔަކު ވަދެފައިވެ އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 70،000 އިން މައްޗަށް ގޮސްފައިވާ ކަމަށް ފަލާހު ވިދާޅުވެ އެވެ. އަދި އެ ޕްރައިމަރީގައި ގިނަ ބަޔަކު ވޯޓުލާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.ދެވަނައަށް އެންމެ ބޮޑު ޕާޓީ، އިދިކޮޅު އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީގައި 154 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބުނެފައެވެ. އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހު 16ގައެވެ.އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.އިދިކޮޅު އެމްޑީޕީން ވެސް ދަނީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އަންނަ މަހުގެ 16 ގައި ބާއްވަން ތައްޔާރުވަމުންނެވެ. އެ ޕާޓީގެ ޕްރައިމަރީގައި 125 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ