އުރީދޫ ފިންޓެކް މޯލްޑިވްސް އިން އެމްފައިސާ މެދުވެރިކޮށް ތެޔޮ އަޅާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަންގެ ދަށުން، އެމްފައިސާ ބޭނުންކޮށްގެން 50ރ.ގެ ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް 20ރ.ގެ ކޭޝްބެކް އެމްފައިސާ ވޮލެޓަށް ލިބޭނެ އެވެ.
ތަފްސީލް - މާލެ އަދި ހުޅުމާލޭގެ އެފްއެސްއެމް އަދި ހޯކްސްގެ ތެޔޮ ވިއްކާ މަރުކަޒުތަކުން މި ހިދުމަތް ލިބޭނެ އެވެ.
ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި ޒަރޫރީ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ޕްރޮމޯޝަނާ އެކު، އެމްފައިސާ ބޭނުންކޮށްގެން 50ރ.އަށް ޕެޓްރޯލް އެޅުމުން އިތުރު ލިޓަރެއްގެ އަގު ލިބޭނެ އެވެ.
ބައިވެރިވާ ތެޔޮ ވިއްކާ މަރުކަޒުތަކުގައި އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން މި ހިދުމަތް ފަސޭހަކަމާ އެކު ލިބޭނެ އެވެ. ޓްރާންސެކްޝަން ނިމުމާ އެކު، ކޭޝްބެކް ފައިސާ ސީދާ އެމްފައިސާ ވޮލެޓަށް ޖަމާވާނެ އެވެ.
އެމްފައިސާ ބޭނުންކުރަން ފަށާނެ ގޮތް:
އެޕް ޑައުންލޯޑުކުރުން ނުވަތަ އުރީދޫ މޯލްޑިވްސް އެޕް ހުޅުވުން
ރަޖިސްޓްރީކުރުން: އެމްފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން ފުރިހަމަކުރުން
މައުލޫމާތު ޔަގީންކުރުން: ދިވެއްސެއް ނަމަ، ސައްހަ އައިޑީ ކާޑު ހުށަހެޅުން ނުވަތަ ބިދޭސީއެއް ނަމަ ޕާސްޕޯޓް އަދި ސައްހަ ވާކް ޕާމިޓް ލިޔެކިޔުން ހުށަހެޅުން
އެމް-ޕިން ކަނޑައެޅުން: ވޮލެޓަށް ވަނުމަށް ސެކިއުރިޓީ އެމް-ޕިންއެއް ހެދުން
އެމްފައިސާއިން ތެލަށް ފައިސާ ދައްކައިގެން 20ރ.ގެ ކޭޝްބެކް ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ