އެއީ ލޯބިވެގެން އެކުގައި އުޅުނު ދެމީހުންނެވެ. ކަންކަން ކުރިއަށްދަމުން ގޮސް ކައިވެނިކުރުމާއި ދާދި ގާތަށް ކަންކަން ވަނީ ކުރިއަށް ގޮސްފައެވެ. ޒުވާނާއަކީ އަޚްލާޤް ރަނގަޅު ޒުވާނެކެވެ. ތަނަވަސްކަންވެސް ހުރި ޒުވާނެކެވެ. އެހެންވެ ޒުވާނާ ހުރީ އޭނާއަށް އިޚްތިޔާރު މިކުރެވެނީ ރަނގަޅު ބައިވެރިއަކުކަން ޔަޤީންކޮށްލުމަށް އެންމެ ފަހު ފުރުޞަތަށް ވިސްނައިގެންނެވެ.
އެއީ އަންހެންކުއްޖާގެ އުފަންދުވަހެވެ. އުފަންދުވަހުގެ ޙަފްލާ އަށް އެކުވެރިންނާއި ޢާއިލާގެ މީހުން އައިސް ނިމުނުތަނާ ޒުވާނާއަށް މޭޒުގައި ޖެހެވުނު ގޮތަކުން ކޭކު ވެއްޓި ޗިސްޗިސްވީއެވެ. ތަޅުންގަނޑަށް ފެތުރިގެން ދިއައީއެވެ.
ލޯބިވެރިޔާއަށް ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. ނުބައި ބަސްތައް ބުނަން ފެށުމުން ޒުވާނާ މާފަށް އެދުނެވެ. އަދި އެއަށްވުރެ މާފުރިހަމަ ކޭކެއް ވަޤުތުން ގެނެސްދޭންވެސް ހުށަހެޅިއެވެ. ނަމަވެސް އެއިން އެއްވެސް އަޑެއް ނުއެހިއެވެ. ރުޅިއާއިގެން ކުރިއަށްދިއައީއެވެ.
އެތަނުގައި ހުރި ރަނގަޅު އެކުވެރި އަންހެންކުއްޖަކު ވިސްނައިދޭން މަސައްކަތްކުރިއެވެ. ކޮންމެ މީހެއްގެ އަތުންވެސް ކަމެއް ވެދާނެކަން ވިސްނައިދިނެވެ. އެއްވެސް މީހަކަށް ހުތުރުބަސްތައް ބުނަން ނުވާނެއިރު ކައިވެނިކުރަން ތައްޔާރުވެފައިވާއިރު ހުތުރުބަސްތައް ބުނަން ޢަމުދުން ނުވާނެކަމަށް ބުނުމުން އެކުވެރިޔާއަށްވެސް ދިނީ ކުރުދޮށިންނެވެ. ޒުވާނާހައި ރަނގަޅު މީހުން ަމދުވާނެ ކަމަށާއި ރުޅިމަޑުކޮށް މާފުކުރަން ބުނުމުން ބުނީ ގުޅެން މިހާރުވެސް ޒުވާނުން އެބަތިބިކަމަށާއި އެމީހުން ތިބީ ރުހޭ ބަހުގެ އިންތިޒާރުގައި ކަމަށެވެ. އައިސްފައި ހުރި ރުޅިގަދަކަމުން ވިސްނައިވެސް ނުލައި ސިއްރުތައް ބޭޒާރުކޮސްލެވުނީއެވެ.
ޒުވާނާ ބުންޏެވެ. "އަހުރެން މިތަނަށް މިއައީ މިވަޤުތު ކައިވެނިކުރަން ތައްޔާރުވެގެންނެވެ. އަނގޮޓިވެސް ހިފައިގެންނެވެ. އަހުރެން މިކުރީ އެންމެ ފަހުގެ އިމްތިޙާނެވެ. ބޮޑުތަނުން ފޭލްވީއެވެ. ތިބާއާއި ކައިވެނިކުރުން ނިމުނީއެވެ. އެކަމަކު އަހުރެން މިތަނުން ނުކުންނަން ބޭނުންވަނީ ކައިވެނިކޮށްގެންނެވެ."
އެެހން ބުނެފައި ލޯބިވެރިޔާއަށް ވިސްނައިދޭން މަސައްކަތްކުރި އެކުވެރިޔާއަށް އޭނާއާއި ކައިވެނިކުރަން ހުށަހެޅިއެވެ. އެކުއްޖާގެ ޖަވާބަކަށްވީ "ތިބާ ފަދަ ޒުވާނަކާއި ކައިވެނިކުރަން ދެކޮޅުހަދާނީ ކާކުހެއްޔެވެ؟ އަހުރެން މިހުރީ ރުހިގެންނެވެ." އެހެން ބުނުމާއިއެކު އޭނާގެ އިނގިލީގައި އަނގޮޓި އަޅުވައި ގޮވައިގެން ނުކުމެގެން ދިއައީއެވެ.
ލޯބިވެރިޔާޢަށް ހަމަވިސްނުން ލިބުނީ އެހިސާބުންނެވެ. ހުރިހާ ކަމެއްވެނިމުނުފަހުންނެވެ. ލިބެން އުޅުނު އަޚްލާޤް ރަނގަޅު އަދި ތަނަވަސް ލޯބިވެރިޔާ ގެއްލިނިމުނު ފަހުންނެވެ. ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތެވެ. މާފަށް އެދުމުގެ ފުރުޞަތުވެސް ގެއްލިނިމުނީއެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންކަން ހިނގައިދިއަގޮތެވެ. މިވީޑިއޯ ސޯޝަލް މީޑިއާއިން ވާނީ ގިނަބައަކަށް ފެނިފައިކަންވެސް އެނގެއެވެ. އަޅުގނޑު ބޭނުންވީ ލޯބިވެގެންއުޅޭއިރުވެސް އަދި ކައިވެނިކުރުމަށްފަހުގައިވެސް ދެމީހުންވެސް ރުޅި ކޮންޓްރޯލްކުރަން ނަޞީޙަތްތެރިވުމެވެ. ނޫންނަމަ އެކަމަށް ދެރަވެ ހިތާމަކުރަން ނުޖެހި ނުދާނެއެވެ.
- ދުންޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ލިބެން އުޅުނު އަޚްލާޤް ރަނަގަޅު، ތަނަވަސް ލޯބިވެރިޔާ އެންމެ ފަހުވަޤުތު ގެއްލުނު ސަބަބު- އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ