އިންތިޚާބުގެ އިތުރު ބުރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުޞަތު ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުރުޞަތު ހުޅުވާލައިފިއެވެ.
ފޯމު ހުށަހެޅުމުގެ ކަންތައްތައް ކުރިއަށްދާނީ އީސީގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ. ސިޔާސީ ޕާޓީތަކުން ފޯމު ހުށަހަޅާނީ "ސިމެދަ" ޕޯޓަލް މެދުވެރިކޮށެވެ. އީސީން ބުނިގޮތުގައި، އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮބްޒާވަރުން ނުވަތަ މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފާސް ދޫކޮށްފައިވާ ފަރާތްތަކުން އިތުރު ބުރުގައި ބައިވެރިވުމަށް އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.
މި އިންތިޚާބަކީ ދެފުށް ފެންނަ، އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި، ކަމާގުޅޭ ހުރިހާ ފަރާތްތަކުންވެސް އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކަށް ބޯލެނބުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީސީގެ ހޮޓްލައިން ނަންބަރު 3004432 ނުވަތަ 3004433 އަށް ގުޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ