ވޭޕް އާއި ގުޅުންހުރި އެކި މައްސަލަތަކުގައި، ނިމުނު މާރިޗް މަހު 82 މީހަކު ޖޫރިމަނާ ކޮށްފައިވާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ވޭޕާއި ގުޅުންހުރި ޖުމްލަ 20 މައްސަލައެއް ތަހުގީގުކުރެވުނުއިރު، ޖޫރިމަނާ ކުރެވުނު އަދަދު ހުރީ 407،000ރ ގައެވެ. މީގެ ތެރޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން ވިޔަފާރިކުރުމުގެ މައްސަލަތައް ހިމެނެއެވެ.
ފުލުހުން އާއްމުކޮށްފައިވާ މާރިޗް މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ވޭޕް އަދި އީ-ސިނގްރޭޓް ބޭނުންކުރުމުގެ 9 މައްސަލައެގައި 52 މީހަކު ޖޫރިމަނާކޮށްފައިވާއިރު، ވޭޕް އަދި އީ-ސިނގްރޭޓް ގެންގުޅުމުގެ 7 މައްސަލައެއްގައި 30 މީހަކު ޖޫރިމާނާކޮށްފައިވެއެވެ. އަދި ވޭޕް އަދި އީ-ސިނގްރޭޓް ގަނެ ވިއްކުމުގެ 1 މައްސަލަ ތަހުގީގުކުރެވިފައިވެއެވެ.
ވޭޕް އާއި ގުޅުންހުރި މައްސަލަތަކުގައި މިދިޔަ މަހު 82 މީހަކު ޖޫރިމަނާކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ