ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 700 އަށްވުރެ ގިނަ ފްލެޓް ބެލެހެއްޓުމާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ޙަވާލުވެއްޖެއެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއާއި އެ ކުންފުންޏާ ދެމެދު މިމަހުގެ 24ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަަމށެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 704 ފްލެޓް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާއި އެކުންފުނިން ރަސްމީކޮށް ޙަވާލުވެފައިވާ ކަމަށެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނުގައި ވަނީ، ފްލެޓްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެ ކޯޕަރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް އަންގާފައެވެ.
"މިއަދުން ފެށިގެން 704 ފްލެޓުތަކަށް ދިމާވާ މެއިންޓެނެންސްގެ މައްސަލަތައް ޙައްލުކުރުމަށް މި ކޯޕަރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް އާންމުކޮށް އަންގައި އިއުލާނު ކުރަން". އެޗްޑީސީން ވިދާޅުވިއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 704 ފްލެޓާ އެޗްޑީސީން ޙަވާލުވިއިރު، ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓްތަކަކީވެސް އެޗްޑީސީން ބަލަހައްޓާ ތަންތަނެވެ.
ހުޅުމާލޭގެ 700އަށްވުރެ ގިނަ ފްލެޓް ބެލެހެއްޓުން އެޗްޑީސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ