ރާއްޖޭގެ ތިމާވެށީގެ ރައްކާތެރިކަމަށާއި ހަކަތައިގެ މިނިވަންކަމަށް އަމާޒުކޮށްގެން, 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނައިން އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ހިންގާ އެސްޕަޔަ އަދި އެރައިޒް މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
2028 ވަނައަހަރު ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ހަކަތައިގެ ސިޔާސަތުގެ ދަށުން، ހާސިލްކުރަން ބޭނުންވާ އެއް އަމާޒެވެ. މި މަޝްރޫއާއެކު، މިއަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.
24 ރަށެއްގައި އިއާދަކުރަނިވި ހަކަތަ އުފައްދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ