ޕެރިސް (ފެބްރުއަރީ 22) - ފްރެންޗް ލީގުގައި ރޭ ލޯންސް ބަލިވުމުގެ ފައިދާނަގައި ޕީއެސްޖީން ވަނީ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލޯންސް އަމިއްލަ ދަނޑުގައި 3-2 އިން މޮނާކޯ އަތުން ބަލިވިއިރު، ޕީއެސްޖީ ވަނީ 3-0 އިން މެޓްޒް ބަލިކޮށްފަ އެވެ. މި ނަތީޖާތަކާ އެކު، ޕީއެސްޖީ އަށް ވަނަ ލިބުނީ 23 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލޯންސް އަށް ވަނީ 23 މެޗުން 52 ޕޮއިންޓް ލިބިފަ އެވެ.
ރޭ ފުރަތަމަ ކުޅުނު މެޗުގައި ލޯންސް އިން އޮޑްސަން އެޑޮއާޑް އާއި ފްލޯރިއަން ތޯވާންގެ ލަނޑުތަކުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ހާފުގައި ލޯންސް އިން ލީޑުކުރި މި މެޗުގައި، މޮނާކޯ އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ތިން ލަނޑު ޖަހައިގެންނެވެ. އެ ގޮތުން، ފްލޯރިއަން ބަލޮގަން އާއި ޑެނިސް ޒަކާރިއާގެ ލަނޑުތަކުން އެއްވަރުކުރިއިރު، ބެންޗުން އަރައި މޮނާކޯ މޮޅުކޮށްދިން ލަނޑު ޖެހީ އަންސޫ ފާޓީ އެވެ.
ލޯންސް ބަލިވިކަން އެނގިފައި އޮތުމުން، ޕީއެސްޖީން ކުޅުނު މެޗަށް ނުކުމެ، ފުރިހަމަ ކުޅުމެއް ދައްކައިގެން މެޓްޒް ބަލިކުރި އެވެ. އެ ގޮތުން، ޕީއެސްޖީން ތިން ވަނަ މިނިޓްގައި ޑެޒެއާ ޑޫއޭގެ ލަނޑުން ލީޑުނަގައި ހަމަޖެހިލި އެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ގޮންޒާލޯ ރާމޯސް ދިން ބޯޅައަކުން ބްރެޑްލީ ބާކޮލާ ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް އިތުބާރު ބޮޑުކޮށްދީފަ އެެވެ.
ދެ ވަނަ ހާފުގެ ފަހުކޮޅުގައި، ޕީއެސްޖީ އަށް ތިން ޕޮއިންޓް ޔަގީންވި ލަނޑު ޖަހައިދިނީ މެޗުގައި ރަަނގަޅު ކުޅުމެއް ދެއްކި ރާމޯސް އެވެ. މިިއީ، ލޫކަސް ހެނާންޑޭޒް ދިން ބޯޅައަކުން ރާމޯސް ޖެހި ގޯލެކެވެ.
ލޯންސް ބަލިވުމުގެ ފައިދާނަގައި ޕީއެސްޖީ އެއް ވަނަ އަށް ޖެހިލައިފި ލޯންސް ބަލިވުމުގެ ފައިދާނަގައި ޕީއެސްޖީ އެއް ވަނަ އަށް ޖެހިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ