ވަޒީރު އިރުތިޝާމަށް ޑިޕްލޮމެޓް އޮފް ދަ އިޔަރ އެވޯޑު

ޑިޕްލޮމެޓް އޮފް ދަ އިޔަރ 2026ގެ އެވޯޑު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމަށް ލިބިވަޑައިގެންފިއެވެ. ޑިޕްލޮމެޓިކް އޮފް ދަ އިޔަރ ފޯރ އޭޝިއާ އެންޑް އޯޝެނިއާ އެވޯޑަކީ، އިނގިރޭސިވިލާތުގެ ޑިޕްލޮމެޓް މެގަޒިންގެ ފަރާތުން ކޮންމެ އަހަރަކުވެސް ދެމުންދާ އެވޯޑެކެވެ.
ޑިޕްލޮމެޓިކް މެގަޒިންއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، އިރުތިޝާމް އާދަމަށް މިއެވޯޑު ލިބިވަޑައިގަތީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި ހުންނަވާ ކުރެއްވި މުހިއްމު މަސައްކަތްތައް ފާހަގަކުރުމަށްފަހު ކަމަށެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އިރުތިޝާމް ޢައްޔަން ކުރައްވާފައިވަނީ، 2024 ވަނަ އަހަރުގެ މެއި މަހުގައެވެ. އަދި މި ހިނގާ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، ކެބިނެޓަށް ބަދަލު ގެންނަވާ އިރުތިޝާމް އާދަމް ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ޢައްޔަން ކުރައްވާފައެވެ.
އިގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމުގައި ހުންނަވާ އެކަމަނާވަނީ، ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއާއި މޫސުމީ ބަދަލުތަކާއި އަދި ބޭރުގެ އިންވެސްޓްމަންޓްތަކާއި ގުޅޭގޮތުން މުހިއްމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ