ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލާގައި ޕާސްޕޯޓު ހިފަހައްޓާފައިވާ އީޝާ އަޝްރަފްގެ ވަކީލަކަށް ވެވަޑައިގަތުމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނިންމަވައިފި އެވެ.
ވީކިހިނެއް؟ - މިދިޔަ މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައި ރެއިން ފެށިގެން ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.
އެގޮތުން ހުޅުމާލޭގައި އީޝާ ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން މިއަދު ގޮސް، ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވަނީ ހަވާލުކޮށްފަ އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި މި މައްސަލައިގައި އީޝާގެ ފަރާތުން ވަކާލާތު ކުރައްވަނީ ޝަމީމެވެ.
އެކަން ޔަގީންކޮށްދެއްވަމުން ޝަމީމް 'ދައުރު'އަށް ވިދާޅުވީ އެއްވެސް މީހަކު ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވިއްޖެނަމަ އެކަން ބަލަން ޖެހޭނެ ކަމަށެވެ. އަދި ދިފާއީ ވަކީލެއްގެ ޒިންމާއަކީ އިންސާފުވެރި ތަހުގީގެއް އަދި އިންސާފުވެރި މަރުހަލާތަކެއް ކަޑައްތުކުރާކަން ކަށަވަރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުގައި ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުއްޓައި އެހެން ދެ މިިނިސްޓްރީއަކަށް ބަދަލުކޮށް، ފަހުން ސަރުކާރުން ވަކިކޮށްފައިވާ އީޝާގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމުގެ އަމުރު ނެރުނީ އިއްޔެއިން ފެށިގެން އަންނަ 26 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަކަށެވެ.
އެ އަމުރުގައިވާ ގޮތުން:
އީޝާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ޑޮކިއުމަންޓަރީ ތައްޔާރުކުރުމުގައި އިޝާގެ ބައިވެރިވުން އޮތް ކަމަށް
އީޝާ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވޭ
ގުޅުންހުރި - މި މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ވެސް ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ. އަދި އެ މީހުން މާދަމާ ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފަ އެވެ.
ޑޮކިއުމެންޓްރީ މައްސަލައިގައި އީޝާގެ ވަކީލަކަށް ކުރީގެ ޕީޖީ ޝަމީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ