އެޗްއާރްސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރަން ނަން ފޮނުވައިފި

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ޑރ. އާއިޝަތު ރަމީލާ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.ރަމީލާ އައްޔަންކުރުން އަވަސްކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހެދުނު 10:30 އަށް ވަނީ އެޖެންޑާކޮށްފަ އެވެ.ޑިސެމްބަރު 3، ގައި ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާގެ ދައުރު ހަމަވުމުންނެވެ.ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ސިއްހީ ހާލުކޮޅު ހުރިގޮތުން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޑިސެމްބަރު 1، 2024، ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ