މިހާތަނަށް ނަތީޖާ: 2 އިންތިހާބު 1 ދުވަހެއްގައި ބޭއްވުމަށް ގިނަބަޔަކު ދެކޮޅު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގަ މީހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ގިނަބަޔަކު ދެކޮޅުކަން ހާމަވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި އާންމު ވޯޓު ނެގުމުގެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި އެކަށައަޅުއްވާފައިވާ ސުވާލަކީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ރައްޔިތުން ބުނީ ނޫނެކޭކަން މިއަދު ކުރިއަށްދިޔަ ވޯޓުގަ މިހާތަނަށް ގުނި ފޮށިތަކުގެ ޖުމްލަ ނަތީޖާއިން ދައްކައިފިއެވެ.
ގުނި ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު %70 އަށްވުރެ ގިނަ މީހުން ވަނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނެފައެވެ. އެއީ މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ތެރެއިން 1،100 އަށްވުރެއް ގިނަ ވޯޓެވެ. އަދި މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ނަތީޖާއިން ދައްކާގޮތުން މިކަމަށް އާއެނކޭ ބުނެފައިވަނީ %28.2 މީހުންނެވެ. މިއީ މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ތެރެއިން 435 ވޯޓެވެ.
މިއަދު ކުރިއަށްދިޔަ އިންތިހާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި، 144،506 އަންހެނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ