ވޭޕް ގެންގުޅުނު މީހަކު 2000 ރުފިޔާއިން ޖޫރިމަނާކޮށްފި

ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް އެކެއްގެ ޗަނބޭލީ މަގުން ހުއްޓުވި މީހަކު 2000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، ކްރައިމް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކްރައިމް އިންޓެލިޖެންސާއި ހުޅުމާލެ ފޭސް އެކެއްގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން މި މާރިޗު މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް އެކެއްގެ ޗަނބޭލީ މަގުން ދެ މީހަކު ހުއްޓުވައި ބަލައިފާސްކޮށްފައިވެއެވެ. ބަލައިފާސްކުރިއިރު، އެ ދެ މީހުންގެ ތެރެއިން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕްއާއި 571 ވޭޕް ކާޓްރިޖު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ