މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އަންނަ އެޕްރީލް މަހު ވެސް އޭޭޝިއާގެ ތެޔޮ ގަންނަ ފަރާތްތަކަށް ތެޔޮ ނުވިއްކަން ސައުދީ އަރަމްކޯއިން ނިންމައިފި އެވެ.
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ހަނގުރާމަ ފެށުމާއެކު ދުނިޔޭގެ ބާޒަރަށް ނެރޭ ތެލުގެ 20 ޕަސެންޓު ދަތުރުކުރަން ޖެހޭ ހޮރުމޫޒު ކަނޑުއޮޅިން ކުރާ ދަތުރުތައް އެއްކޮށް ވަނީ ހުއްޓިފަ އެވެ.
އޭގެ އިތުރުން އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތައް ބޭނުންކޮށްގެން އިރާނަށް ހަމަލާ ދޭތީ އެ ގައުމުން ރައްދުގައި ދެމުންދާ ހަމަލާތަކާ ހެދި މުޅި މެދުއިރުމަތީގެ ތެޔޮ އުފެއްދުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި އަރަމްކޯއިން ވަނީ އޭޝިއާގެ ކާރުހާނާތަކަށް ތެޔޮ ވިއްކުން ހުއްޓާލާފައި ކަމަށް ރޮއިޓާސްއިން ބުނެ އެވެ.
މާޗު މަހުގެ މި ހިސާބަށް ސައުދީ އަރަބިއްޔާއިން ވަނީ 4.355 މިލިއަން ފީފާގެ ތެޔޮ އެކްސްޕޯޓު ކޮށްފަ އެވެ. ފެބްރުއަރީ މަހުގެ ތެރޭގައި 7.108 މިލިއަން ފީފާގެ ތެޔޮ އެ ގައުމުން ބޭރުކުރި އެވެ.
އެޕްރީލް މަހު އޭޝިއާގެ ގައުމުތަކަށް ތެޔޮ އެކްސްޕޯޓު ނުކުރަން ސައުދީ އަރަމްކޯއިން ނިންމައިފި އެޕްރީލް މަހު އޭޝިއާގެ ގައުމުތަކަށް ތެޔޮ އެކްސްޕޯޓު ނުކުރަން ސައުދީ އަރަމްކޯއިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ