ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން، އީދު ދުވަހު ހެނދުނު މުލިއާގޭގައި

މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ، އީދު ސަލާން ކުރެއްވުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:30 އިން 11:00 އަށް ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ކަމަށެވެ. އީދު ސަލާން ކުރެއްވުމަށް އަންނަ މީހުން މުލީއާގެއަށް ވަނުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށްވެސް ބުންޏެވެ.
ރައީސް އޮފީހުން ބުނީ، އީދު ސަލާމުގައި ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށެވެ.
އޭގެ އިތުރުން އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި ރާއްޖޭގެ އެކި ކުންފުނިތަކާއި އަމިއްލަ އެކިއެކި ޖަމިއްޔާ. ޖަމާއަތްތަކުގެ މަންދޫބުންނަށްވެސް ރައީސްގެ ދެކަަނބަލުން ވަނީ ދައުވަތު ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ