މަޖިލިސް ހިތަދޫ ގޮނޑީގެ ޕީއެންސީ ޓިކެޓަށް ސިނާނާ ވާދަކުރަނީ ސައީދު

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރާނެ މީހަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީއަށް އެ ގޮނޑި ގެއްލުނު މުހައްމަދު ސިނާންގެ އިތުރުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) ކުރިމަތިލައްވައިފި އެވެ. 
ވީ ކިހިނެއް؟ - ޕީއެންސީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް ސިނާންގެ ގޮނޑި ގެއްލުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ލޯނަކަށް ފައިސާ ނުދައްކާ އޮތް މައްސަލައެއްގަ އެވެ.
ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ މިދިޔަ ހަފްތާގައި
ތަފްސީލް -  ޕީއެންސީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަންގާރަ ދުވަހެވެ. 'ދައުރު' އަށް އެނގިފައިވާގޮތުގައި މި މުއްދަތު މިއަދު ހަމަވިއިރު ކުރިމަތިލާފައި ވަނީ ސިނާނާއި ސައީދު އެކަންޏެވެ. މިމަހު އޮތް ކައުންސިލް އިންތިހާބުގައި:
މޫލެކެޑެ ދާއިރާގެ ކައުންސިލަރު ކަމަށް ސައީދު ކުރިމަތިލެއްވި 
އެކަމަކު އެމްޑީޕީގެ ކެންޑިޑޭޓާއި ވާދަކޮށް، އޭނާއަށް ވަނީ އެ ގޮނޑި ގެއްލިފައި
އެނގުން މުހިންމު - ޕީއެންސީގެ ޓިކެޓުގައި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރުކަމަށް ވާދަކުރާނެ މީހަކު ކަނޑައަޅަން ޕްރައިމަރީ ބާއްވަނީ މިމަހުގެ 25 އަންނަ ހޮނިހިރު ދުވަހު އެވެ. ގާނޫނުއަސާސީގައިވާ ގޮތުން:
މެންބަރެއްގެ ގޮނޑި ގެއްލޭތާ 60 ދުވަސް ތެރޭ ބައި-އިލެކްޝަން ބާއްވަން ޖެހޭ  
މި ދާއިރާއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ 6 ޖޫންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ