ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރަސްމީ މައުރަޒު، "މޯލްޑިވްސް މެރިން އެކްސްޕޯ 2026" ޕާޓްނަރުންނާއި ސްޕޮންސަރުން މޫދު އަޑީގައި ބޭއްވި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިއުލާންކޮށްފިއެވެ.
މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ މި މައުރަޒަކީ ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު މެރިން އެކްސްޕޯއެވެ.
މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ގަލްފް ކްރާފްޓެެވެ. މީގެ އިތުރުން ކޯ-ސްޕޮންސަރުންގެ ގޮތުގައި ލިއޯ ސްޓޯރު އެންޑް ސަޕްލައި، އެމްޓީސީސީ، ހިމެނޭއިރު، އެހެން ޕާޓްނަރުންގެ ތެރޭގައި އޯޝަން ގްރޫޕް، ސީގިއާ، މާކިއުރީ (ހަސަން މަރިން)، މެރިން މާސްޓާ، އަލްޝާލީ މެރިން، ޕާމް ޓްރީ މޯލްޑިވްސް، މެކޭނިޒަމް މޯލްޑިވްސް، ހޮންޑާ މެރިން (މެރިން ވައިބް)، އެސްޓީއޯ، އެމްޕީއެލް، އެލައިޑް، އުރީދޫ ހިމެނެ އެވެ. މީގެ އިތުރުން ވެސް ބައެއް ދާއިރާތަކުން ޕާޓްނަރުން ބައިވެރިވެ އެވެ.
އަންނަ މަހު 5 އިން 8 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯގައި ކަނޑުދަތުރުފަތުރާއި، ބޯޓު ބަނުމާއި، މަސްވެރިކަމާއި، ޑައިވިން އަދި ވޯޓަ ސްޕޯޓްސްގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލާނެ އެވެ. އަދި އާ އުފެއްދުންތައް ބާޒާރަށް ނެރުމާއި، މި ދާއިރާގެ ޕްރެޒެންޓޭޝަންތައް ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެއެވެ.
މި އެކްސްޕޯއަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުންނަށް ހިލޭ ހުޅުވާލެވިފައިވާއިރު، ރަޖިސްޓްރީވާ ފަރާތްތަކުގެ މެދުގައި 'ވިޒިޓް އެންޑް ވިން' ޕްރޮމޯޝަނެއް ކުރިއަށްދާނެއެވެ. މި މައުރަޒަކީ ރާއްޖޭގެ ކަނޑުގެ ސިނާއަތުގެ ކުރިމަގު ބައްޓަންކުރުމަށާއި، ވިޔަފާރިތައް ކުރިއެރުވުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
މެރިން އެކްސްޕޯ: ސްޕޮންސަރުންނާއި ޕާޓްނަރުން އިއުލާނު ކުރީ މޫދު އަޑީގައި މެރިން އެކްސްޕޯ: ސްޕޮންސަރުންނާއި ޕާޓްނަރުން އިއުލާނު ކުރީ މޫދު އަޑީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ