މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މިހާރުގެ ކައުންސިލަރު، ސައިފް ފާތިހު އާ ވާދަކޮށް މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓު ހަދީޖާ މުހައްމަދު (ހައްޖަ) ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޯޅި އުތުރު ދާއިރާގެ ޓިކެޓު ހައްޖަ ކާމިިޔާބުކުރީ 67.4 ޕަސެންޓު ހޯދައިގެންނެވެ. ހައްޖައަށް ޖުމުލަ 85 ވޯޓު ލިބުނުއިރު، އޭނާއާ ވާދަކުރި ސައިފްއަށް ލިބުނީ 32 ވޯޓެވެ. އެ ދާއިރާއަށް އެކު ޖުމުލަ 126 މީހުން ވޯޓުލީއިރު، ނުވަ ވޯޓު ވަނީ ބާތިލުވެފަ އެވެ.
މާލެ ސިޓީ ކައުންސިލުގެ މިހާރުގެ މެންބަރަކާ ވާދަކުރައްވައި ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިިޔާބު ކުރުމަށްފަހު ހައްޖަ އަދަދުއަށް ބުނީ އެ ވަރުގެ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް އުއްމީދު ވެސް ނުކުރާ ކަމަށެވެ.
"ވަރަށް އުފާވެއްޖެ، އުއްމީދެއް ވެސް ނުކުރަން މި ވަރުގެ ބޮޑު ކާމިޔާބެއް ލިބޭނެ ކަމަކަށް، އެކަމަކު ދާއިރާގެ ރައްޔިތުންނަށް އިތުބާރުކުރިން، ރައްޔިތުން ކުރެއްވި ތާއީދަށް ހަމަ ފަށްފަށުން ޝުކުރިއްޔާ،" ހައްޖަ ބުންޏެވެ.
އޭނާ ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި މައްޗަންގޯޅި އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި ރައްޔިތުން މާޔޫސްވިޔަ ނުދޭނެ ކަމަށެވެ. އަދި، ކައުންސިލަށް އިންތިހާބުވުމަށްފަހު ވެސް ނަތީޖާ ދައްކާނެ ކަމަށް ހައްޖަ ބުންޏެވެ.
"މި ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ވެސް ކުރާނަން، އިރާދަކުރެއްވިއްޔާ މި ގޮނޑި އެމްޑީޕީއަށް ކާމިިޔާބު ކޮށްދީފައި ނޫނީ ގެއަކަށް ނުވަންނާނަން، ކައުންސިލަށް އިންތިހާބުވުމަށްފަހު ވެސް އިރާދަކުރެއްވިއްޔާ ހުންނާނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި، އަބަދުވެސް ހުންނާނީ އެމްޑީޕީގެ މީހެއް ގޮތުގައި،" ހައްޖަ ބުންޏެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް ފެނުނީ މާލެ ސިޓީ މޭޔަރުކަމުގެ ޕްރައިމަރީ އެވެ. މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވީ މާލޭގެ މިހާރުގެ މޭޔަރު، އާދަމް އާޒިމް އެވެ. އޭނާ އެ އިންތިހާބު ކާމިޔާބު ކުރެއްވީ 1411 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު، އަލީ އާޒިމްއަށް ލިބިވަޑައިގެންނެވީ 962 ވޯޓެވެ.
ބޮޑު ތަފާތަކުން ސައިފް ބަލިކޮށް މައްޗަންގޯޅި އުތުރު އެމްޑީޕީ ޓިކެޓު ހައްޖަ ކަށަވަރުކޮށްފި ބޮޑު ތަފާތަކުން ސައިފް ބަލިކޮށް މައްޗަންގޯޅި އުތުރު އެމްޑީޕީ ޓިކެޓު ހައްޖަ ކަށަވަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ