ނުކުޅެދުންތެރިކަން ހުންނަ 9 އަހަރުގެ ފިރިހެން ދަރިފުޅަށް އަނިޔާކުރާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ މެންބަރު ޝައުފާ އިބުރާހިމް ހިލްމީ ހައްޔަރުކޮށްފި އެވެ.
މިދިޔަ ސަރުކާރުގައި ކުޅުދުއްފުށީ ސްޓޭޑިއަމްއާ ހަވާލުވެހުންނެވި ޔޫތު އެގްޒެކިއުޓިވް ޝައުފާ ފުލުހުން ހައްޔަރުކޮށްފައިވަނީ ބުރާސްފަތިދުވަހުގެ ރޭ ވަގުތެއްގަ އެވެ.
ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަނުކޮށް ފުލުހުން ބުނީ، އަޕަރ ނޯތު ޕޮލިސް ހިމެނޭ ރަށެއްގެ ނުކުޅެދުންތެރިކަންހުންނަ 9 އަހަރުގެ ދަރިފުޅަށް މަންމަ އަނިޔާކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 7 ވަނަ ދުވަހު ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
މި މައްސަލާގެ ތަހުގީގަށް ކޯޓް އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި އަންހެނަކު 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކޮށް މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅަށް އަނިޔާކުރާކަމަށް ތުހުމަތުކޮށް ޝައުފާ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ