104 މަސާޖު ޕާލާ ބަންދުކޮށްފި: ރައީސް
ފާއިތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭ 104 މަސާޖު ޕާލާ ބަންދުކޮށްފައިވާނެ ކަމަށާއި، 200 އެތައް ތަނެއް އަދިވެސް ބަންދުކުރަން ޖެހޭ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.ވެރިކަން ކުރާ ޕީއެންސީގެ މައި ޖަގަހަ މަރާމާތުކުރުމަށްފަހު ރޭ އެތަން ހުޅުއްވައިދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ގާނޫނާ ޚިލާފަށް ހިންގަމުންދިޔަ މަސާޖް ޕާލާތައް ބަންދުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފެށީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ކަމަށެވެ.ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ބަންދުކުރަންޖެހޭ 200 އެއްހާ މާސާޖު ޕާލާ އެބަހުރި ކަމަށާއި ދޮޅަމަސް ތެރޭގައި 104 ބަންދުކޮށްފައިވާ ކަމަށެވެ. އެއީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައިވެސް ރައީސް ސިފަކުރެއްވި އެވެ."މިއީ ހާދަ ބައިވަރު ތަންތަނޭ. މިތަންތަން ހިންގީ ގައިމު މުޖުތަމައު ތެރޭގައި މިކަމަށް ފުރުސަތު އޮތީމަ. އެހެންވީމަ އަޅުގަނޑުމެން އެންމެން ވާންއެބަޖެހޭ މިގައުމުގައި ހުރި ނުބައި އާދަތައް ނައްތާލުމުގެ ރޫހު އަށަގެންފައިވާ ބަޔަކަށް،" ރައީސް ވިދާޅުވި އެވެ.މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ރާއްޖޭގައި ހިންގާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެކިއެކި އޮޕަރޭޝަންތައް ހިންގައި ދޭތެރެދޭތެރެއިން އެފަދަ ބައެއް ތަންތަން ބަންދުކޮށް, އެ ކުށް ކުރާ މީހުން ހައްޔަރު ވެސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ