ދިވެހި ފުލުހުންގެ ދައުރަކީ މުހިންމު ދައުރެއް. އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު މުހިންމު: ރައީސްގެ އަނބިކަނބަލުން ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ގުގުރުމާއެކު ވިއްސާރަކުރާނެ! ރޯދަ މަހު ކަރަންޓު ބިލް ބޮޑުވީ ބޭނުންކުރާ މިންވަރު އިތުރުވުމުން: މުޢާޒު

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް އެންމެ ގާތުން ވާދަކުރަމުންދާ އާސެނަލުން ރޭ ޓޮޓެންހަމް ބަލިކޮށް ލީގުތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.
ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު އާސެނަލް އިން ކާމިޔާބު ކުރީ 2-3 ގެ ނަތީޖާއިންނެވެ.
އާސެނަލާއި ޓޮޓެންހަމް ބައްދަލުކުރި މި މެޗު ރަނގަޅަށް ފެށީ ޓޮޓެންހަމްއިންނެވެ. އެޓީމުން ކުރިއަށް ޖެހި ނުރައްކާ ކުރުމުގެ ތެރޭގައި ކްރިސްޓިއަން ރޮމޭރޯ ބޮލުން ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައި ވެއެވެ. ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔައީ ޓޮޓެންހަމް އިން ނަމަވެސް، މެޗުގެ 15 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އާސެނަލް އިން ލީޑު ނެގިއެވެ.
އާސެނަލްގެ މި ލަނޑަކީ ލިބުނު ކޯނަރަކުން ހުރަސްވި ބޯޅައެއް ޕިއޭ-އެމީލް ހޮއިބިއޭގެ ބޮލުން ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ އިރުކޮޅެއްފަހުން މެޗުގެ 27 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ޖެހި ލަނޑުން އާސެނަލް ލީޑު ފުޅާކުރި އިރު، އެޓީމުން ހާފު ނިންމާލީ އިތުރު ލަނޑަކާވެސްއެކުގައެވެ. އެ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި އާސެނަލްއަށް ޖަހައިދިނީ ކައި ހަވާޓްސްއެވެ.
ދެވަނަ ހާފަށް ނުކުމެ ޓޮޓެންހަމްއިން އިތުރަށް ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ އަނބުރާލަން މަސައްކަތް ކުރި އިރު، އާސެނަލް ކީޕަރު ޑޭވިޑް ރާޔާ ހެދި ގޯހަކުން ރޮމޭރޯ ލަނޑެއް ޖެހިއެވެ. އަދި އޭގެ ފަހުން ލިބުނު ޕެނަލްޓީއެއްގައި ހިއުން މިން ސޮން އިތުރު ލަނޑެއް ޖަހައި އުންމީދު އާކުރި ނަމަވެސް، މެޗުގެ ނަތީޖާ ޓޮޓެންހަމް ކޮޅަށް އަނބުރާލެވޭގޮތް ނުވިއެވެ. މެޗު ނިމުނީ އާސެނަލްކޮޅަށް ބުރަވެ، ތިން ޕޮއިންޓާއި އެކުގައެވެ.
މި މެޗުން މޮޅުވެ، ލީގުތާވަލްގެ އެއްވަނައަށް އާސެނަލް އިން ޖެހިލީ ލީގުގައި މިހާތަނަށް ކުޅުނު 35 މެޗުން 80 ޕޮއިންޓާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ