ޗައިނާ އީސްޓަންގެ ދަތުރުތައް ދެކުނުގެ އަތޮޅުތަކަށް ބާއްވަން މަޝްވަރާކުރައްވައިފި

ދެކުނަށް އަތޮޅުތަކަށް ސީދާ ދަތުރުތައް ފެށުމާ ގުޅޭގޮތުން ޗައިނާގެ އީސްޓާން އެއާލައިންސްއާ އެކު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލު މަޝްވަރާކުރައްވައިފި އެވެ.މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ މިހާރު ޗައިނާގެ ޝެންހާއީގައި ކުރިއަށްދާ އައިޓީބީ ޗައިނާ ފެއަރގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް، ޗައިނާ އީސްޓަން އެއަރލައިންގެ އެގްޒެކެޓިވް ވައިސް ޕްރެސިޓެންޓު، އީވީޕީ، ވަން ޗިންގޗާއޯ އާއި އެކު ބޭއްވި ބައްދަލުވުމުގަ އެވެ.ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް މިދިޔަ ފެބްރުއަރީ މަހުގެތެރޭވަނީ އަލުން ރާއްޖެއަށް ފަށާފައެވެ. އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލީ ކޯވިޑާއި ގުޅިގެންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ އެއް ވަނަ މާކެޓަކަށް އެ ގައުމު ހަދައި ދޭން އެދިވަޑައިގެންފަ އެވެ. އެކަމާ ގުޅުން ހުރި އެކި މަސައްކަތްތައް ވެސް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.ޗައިނާ އަކީ މިދިޔަ އަހަރު ތިން ވަނަ އެންމެ ގިނަ ޓޫރިސްޓުން އައި ގައުމު ކަމަށްވާއިރު، ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޗައިނާ އިން 98،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ