އާދަމް ނަސީރަށް، ޔުމްނާ މައުމޫން ރައްދު ދެއްވައިފި. ވިދާޅުވީ “ށ” އިން ފެށޭ ބަހެއް ނެތުމަކީ ދިވެހި ބަހުގެ ހާއްސަ ސިފައެއް ކަމަށާއި، “ށ” އިން ބަސް ހަދަން ނުޖެހޭ ކަމަށް.

އާދަމް ނަސީރަށް، ޔުމްނާ މައުމޫން ރައްދު ދެއްވައި، “ށ” އިން ފެށޭ ބަހެއް ނެތުމަކީ ދިވެހި ބަހުގެ ހާއްސަ ސިފައެއް ކަމަށް ވިދާޅުވެއްޖެއެވެ. ޔުމްނާ މައުމޫން މިހެން ވިދާޅުވެފައި ވަނީ އާދަމް ނަސީރު، ށ ފެށޭ 5 ބަސް މުއިއްޒުގެ ސަރުކާރުގައި ހަދާނެ ކަމަށާއި، ބަހަށް ދިމާވެފައިވާ އެ ނިކަމެތިކަން ފިލުވާނީ މުއިއްޒުގެ ސަރުކާރުން ކަމަށް އޭނާ ވިދާޅުވެފައި ވަނިކޮށެވެ.
ޔުމްނާ އިތުރަށް ވިދާޅުވެފައި ވަނީ، ށ އިން ބަސް ހަދަން ނުޖެހޭ ކަމަށެވެ. އަދި އޭގެ ސަބަބުން ބަހުގެ ހާއްސަ ސިފައެއް ގެއްލިގެން ދާނެ ކަމަށް ކުރީގެ ދިވެހި ބަހާއި ތާރީޚާއި ބެހޭ މިނިސްޓަރ ޓްވިޓަރ ގައި ޕޯސްޓް ކޮށްފައިވެއެވެ.
ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ވަނީ ށ. ފެށޭ ބަސްތައް ހަދައި، މިކަމުގައި އާދަމް ނަސީރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތް ފަށާފައެވެ. ކުރިން އާންމު ކޮށް މުއިއްޒަށް ކައްޒާބު ކިޔަމުން ދިޔަ ނަމަވެސް، މި ދެތިން ދުވަހު މުއިއްޒަށް މުހާތަބު ކޮށްފައި ވަނީ ށުއިއްޒުގެ ނަމުންނެވެ. މި ގޮތުން މީހުން ހުށައަޅަމުން ދާ ބައެއް ބަސްތަކުގެ ތެރޭގައި ދިވެހި ބަހުގެ އެކަޑަމީއަށް ދިވެހި ބަހެއް ނެތިގެން “ށެގަތަމީ” ކިޔާފައިވެއެވެ.
އާދަމް ނަސީރު ނަފްސާނީ ފަރުވާ ބޭނުންވާ ކަމަށް ވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އަދި މިފަދަ އިލްމީ ގޮތުން އެއްވެސް ފެންވަރެއް ނެތް، ވިސްނުމުގެ ގޮތުން ކްރިޓިކަލް ތިންކިންގ ނުދަންނަ މީހުން މުއިއްޒުގެ ކެބިނެޓުގައި ތިބި ތިބުން ވަނީ ދިވެހިރައްޔިތުންނަށް ބުރައަކަށް ވެފައެވެ. މުއިއްޒު މިފަދަ ނާގާބިލު މީހުން މިނިސްޓަރުން ކަމަށް ލާފައި ވަނީ ވެރިކަން ކުރަން ފަސޭހައަކަށް ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ