ސްކޫލް ހަރަކާތްތައް ހުކުރު ދުވަހު ނުބާއްވަން އަންގައިފި

ހުކުރު ދުވަހު ސްކޫލުތަކުގެ ޙަރަކާތްތައް ނުބޭއްވުމަށާއި، ޓީޗަރުން މަސައްކަތަށް ނުނެރުމަށް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ. ސްކޫލުތަކަށް މިނިސްޓްރީއިން އަންގައިފިއެވެ.
މިނިސްޓްރީއިން ސްކޫލުތަކަށް ފޮނުވި މެމޯއެއްގައި ބުނީ ޚާއްޞަ ޙާލަތްތަކުގައި ހުކުރު ދުވަހު ޙަރަކާތެއް ބާއްވަން ޖެހިއްޖެ ނަމަ، ޓީޗަރުން އެ ޙަރަކާތަކަށް ނެރެން ވާނީ މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުން އެކަމަށް ލިޔުމަކުން ހުއްދަ ހޯދުމަށް ފަހުގަ ކަމަށެވެ.
އެޑިއުކޭޝަނުން ބުނީ ޓީޗަރުންގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށާއި އެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ހުކުރު ދުވަހު އެ މީހުން މަސައްކަތަށް ނުނެރުމަށް މީގެ ކުރިން ވެސް ސްކޫލުތަކުގެ ވެރީންނަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.
ނަމަވެސް ބައެއް ސްކޫލުތަކުން އެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރަމުން ނުދާކަން ފާހަގަކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަނުން ވަނީ ޓާމް ޗުއްޓީތަކުގައި ވެސް ޓީޗަރުން ސްކޫލްތަކަށް ނެރެ މަސައްކަތް ނުކުރަން އިއްޔެ ސްކޫލްތަކަށް އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ