“އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދިނީމަ، އިނާމެއްގެ ގޮތުން އައްޑޫއަށް ލިބުނީ، 6ގަޑިއިރަށް ކަރަންޓް ދިޔުން”

އެޖެންޑާ 19ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމުން، އޭގެ އިނާމެއްގެ ގޮތުން އައްޑޫއަށް ލިބުނީ 6 ގަޑި އިިރާް 7 ގަޑިއިރަށް، ދޭތެރެ ދޭތެރެއިން ކަރަންޓް ދިޔުން ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާޙީމް މުހައްމަދު (އިއްބެ ޖަނާބު) ވިދާޅުވެއްޖެއެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު އިއްބެ ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި، އެމްޑީޕީއަތުގައި ރައްޔިންތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އިރުވެސް އައްޑޫ ސިޓީން ކަރަންޓްދާ މައްސަލަ އެކި ފަހަރުމަތިން ފެންމަތިވި ކަމަށެވެ. 
އެހެން ނަމަވެސް، އޭރު އެކަމާ ކަންބޮޑުވެގެން އެމްޑީޕީ މެންބަރުން އުޅެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. 
Advertisement
“14 ސެޕްޓެމްބަރު 2019 ގައި، 6 ގަޑިއިރަށް އައްޑޫއިން ކަރަންޓު ކެނޑުނު. އޭގެ ކުރިއަށް 9 ސެޕްޓެންބަރ 2019 ގަވެސް ކަރަންޓް ކެނޑިގެން އައްޑޫއަށް ޓީމެއް ފޮނުވުނު. 19 މެއި 2020 ގައި ކަރަންޓް ކެނޑިގެންދިޔަ 3 ގަޑިއިރަށް. 2020 ވަނަ އަހަރުގެ ރަމަޟާންމަހު އައްޑޫއިން ކަރަންޓް ކެނޑިގެން ދިޔަ. 26 ސެޕްޓެމްބަރ 2020 ގައި ތިންފަހަރަށް އައްޑޫއިން ކަރަންޓް ކެނޑުނު. 1 މެއި 2023ގައި ހެންދުނު 7:45 ގައި، މީހުންނަށް އޮފީހަށް ނުދެވި ސުކޫލަށް ނުދެވި ތާށިވެފަައި ތިބި. 13 އޭޕްރީލް 2023 ގައި ކަރަންޓް ކެނޑިގެންދިޔަ. މިހުރިހާ ކަމެއް ހިނގިއިރު މަޖިލީހުގެ ރައީސަކަށް އިންނެވީ އައްޑޫގެ މެންބަރެއް. އައްޑޫގެ 4 މެންބަރުން ތިއްބެވި. އެ ބޭފުޅުންނަށް އެކަންކަން ބޮޑެއް ނުވޭ. އެކަންކަން ހައްލު ކުރާކަށް މަސައްކަތެއް ނުކުރައްވާ” އައްޑޫއިން އެކި ފަހަރު މަތިން ކަރަންޓް ކެނޑުނު ތާރީޚް ތަކަށް އަލިއަޅުވާލައި މެންބަރު އިބްރާޙީމް ވިދާޅުވިއެވެ.
އެޖެންޑާ 19 ގެ ދަށުން މަޖިލީހުގެ މެޖޯރިޓީ ދިނީމަ، އިނާމެއްގެ ގޮތުގައި އައްޑޫ ރައްޔިތުންނަށް ލިބިގެންދިޔައީ، 6 ގަޑިއިރަށް، 7 ގަޑިއިރަށް، 3 ގަޑިއިރަށް ކަރަންޓް ކެނޑިގެން ދިޔައީ. އެހެންވީމާ ކުއްލި މައްސަައިގެ ގޮތުގައި، ހަތަރު ފަސް މެންބަރުން، ހަގީގަތުގައި މިއީ ކުއްލި ވައްކަމެއް ފޮރުވަން ޖަހާ މައްޗެއް އިނގޭތޯ
މެންބަރު އިބްރާޙީމް މުޙައްމަދު
މިއާއެކު އިއްބެ ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ނިމިގެންދިޔަ އިރު، އައްޑޫ ސިޓީ އިންޖީނުގޭގައި ހުރި ސްޕެއަރ ތައް ނައްތާލަން މަސައްކަތްކުރި މީހުން ހޯދައި އެ މައްސަލަ ބަލަންޖެހޭ ކަމަށެވެ. 
އައްޑޫ ކަރަންޓް ކެނޑޭ މައްސަލަ އަކީ ކަންބޮޑުވުން އޮތް މައްސަލައެއްކަން ފާހަގަކުރައްވައި މެންބަރު އިއްބެ އިތުރަށް ވިދާޅުވީ، އެ މައްސަލަ، ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅައިގެން އުޅެނީ، އެމްޑީޕީ ވެރިކަމުގައި ފެނަކައިގެ ތެރެއިން ކުރަމުންދިޔަ ވައްކަން ތަހުގީގު ކުރަން ހުށަހެޅިދާނެތީ އެޅޭ މައްޗެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ