ރައީސް ނަޝީދު ކައިވެނި ބައްލަވައިގެންފި

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައިވެނި ބައްލަވައިގެންފި އެވެ.
މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު ކައިވެނި ބައްލަވައިގަތީ ޔުމްނާ ކިޔާ ބޭފުޅަކާ އެވެ. ޔުމްނާ އަކީ ކުރީގެ ދީނީ އިލްމުވެރިއެެއް ކަމަށްވާ ޝެއިހް ރުޝްދީގެ ކާދަ ދަރިކަނނބަލެކެވެ. ނަޝީދާއި ޔުމްނާ ކައިވެނީ ކައިވެނި ހަފުލާ އޮތީ ސްރީ ލަންކާގަ އެވެ.
ނަޝީދު، 56، އާ ކައިވެންޏެއް މި ކުރެއްވީ އަލަތު ކައިވެނި ރޫޅުނުތާ ތިން ވަރަކަށް އަހަރު ފަހުންނެވެ. އެ މަނިކުފާނުގެ ކުރީގެ އަނބިކަނބަލުންނަކީ ލައިލާ އަލީ އެވެ. އެ ކައިވެންޏަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ މީރާ ލައިލާ ނަޝީދާއި ޒާޔާ ލައިލާ ނަޝީދެވެ.
ދެ ދަރިކަނބަލުންނާ އެކީ ލައިލާ ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގަ އެވެ.
ނަޝީދު ދެވަނަ ކައިވެންޏެއް ކުރައްވާފައި މި ވަނީ ސިޔާސީ މަސައްކަތްތަކާ މިދިޔަ މަހުގެ ތެރޭގައި ދުރަށްވައިގެންނެވުމަށް ފަހު އެވެ. އެ މަނިކުފާނު މިހާރު ނިސްބަތް ވަނީ ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ، ދަ ޑިމޮކްރެކްޓްސްއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ