މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް، ނައިބަކަށް ސަލީމު

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ނައިބު މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު އިންތިހާބުކޮށްފިއެވެ.
ކޮމިޓީގެ މުގައްރިރަކަށް ގާސިމްގެ ނަން ހުށަހެޅުއްވީ ސަލީމެވެ. އެ ނަމަށް ތާއީދު ކުރެއްވީ ޝުޖާއުއެވެ. ނައިބު މުގައްރިރަކަށް ސަލީމްގެ ނަން ހުށަހެޅުއްވީ ޝުޖާއުއެވެ. އެ ނަމަށް ތާއީދު ކުރެއްވީ ގާސިމެވެ. އެ ދެނަން ވެސް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ